ފާއިތުވި 2022-2023 ވަނަ އަހަރު ހިމަންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަބާޔާ މުޙައްމަދު ހޮވައިފިއެވެ.
އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގައި ގައެވެ. ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، ފިޒިކަލް ފެސިލިޓީސް ޑިވެލޮޕްމަންޓް ފަތުހުއްﷲ މުޙައްމަދުއެވެ.
އެއްވަނަ ހޯދި އަބާޔާ ވަނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނަ ހޯދާފައެވެ. އަބާޔާ އަކީ ހިމަންދޫ ސްކޫލްގެ އިންގްލިސް ކުލަބު އަދި މީޑިއާ ކުލަބުގެ ޕްރެޒިޑެންޓްކަން ކޮށްފައިވާ ދަރިވަރެކެވެ. އަދި މި ދަރިވަރަކީ ޖޫނިޔަ އަދި ސީނިޔަ ޕްރިފެކްޓްކަން ކޮށްފައިވާ ދަރިވަރެއްވެސް މެއެވެ.

އަބާޔާގެ އިތުރުން އެ ސްކޫލުގެ މައިހާ އަބްދުއްރައްޒާގު ވެސް ސާނަވީގެ ގަދަ ދިހައެއްގެ ނުވަ ވަނައިގައި ހިމެނުނެވެ.
advertisment
ހިޔާލު