ތައިލެންޑްގައި ބާއްވާ ވޯލްޑް ސްކޮލަރސް ކަޕް (ޑަބްލިޔުއެސްސީ)ގެ ގްލޯބަލް ރައުންޑަށް ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ 40 ދަރިވަރުން ތައްޔާރުވާން ފަށައިފިއެވެ.
ޑަބްލިއުއެސްސީ މޯލްޑިވްސް ރީޖަނަލް ރައުންޑް ބޭއްވީ ހުސްވި މެއި މަހުގެ 28ން 29 އަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައެވެ. މި ރައުންޑްގައި ރާއްޖޭގެ ފަސް ސްކޫލަކުން 468 ދަރިވަރުން ވާދަކުރިއެވެ.

ރީޖަނަލް ރައުންޑްގައި ބްރައިޓްވޭގެ ޖޫނިއަރ އަދި ސީނިއަރ ލެވެލްގެ 82 ބައިވެރިން ހިމެނޭގޮތަށް ބައިވެރިވި 28 ޓީމް ވަނީ ރަނގަޅު ނަތީޖާއެއް ހޯދާ، ގްލޯބަލް ރައުންޑަށް ގޮސްފައެވެ.

ރީޖަނަލް ރައުންޑްގައި ބްރައިޓްވޭގެ ދަރިވަރުން ވަނީ 123 ރަންމެޑަލާއި 160 ރިހި މެޑަލްގެ އިތުރުން 10 ޓްރޮފީ ހޯދާފައެވެ.

ޑަބްލިޔުއެސްސީ ގްލޯބަލް ރައުންޑް އޮންނާނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބެންކޮކްގައެވެ. ބްރައިޓްވޭއިން ބައިވެރިވާ 40 ދަރިވަރުން ބައިވެރިވަނީ 14 ޓީމެއްގެ ގޮތުގައެވެ.
advertisment
ހިޔާލު