މަޖީދިއްޔާގެ ކެޕްޓަނަކަށް އަލްސަން، ޑެޕިއުޓީންނަށް އިޒްޔާންއާއި ޝާހާ

މި އަހަރު މަޖީދިއްޔާ ސްކޫލުގެ ކެޕްޓަނަކަށް މުޙައްމަދު އަލްސަން ހުސައިނެވެ. ޑެޕިއުޓީ ކެޕްޓަނުންނަކީ މުޙައްމަދު އިޒްޔާން ހުސައިންއާއި އައިޝަތު ޝާހާ ޝާހީއެވެ. ގޭމްސް ކެޕްޓަނަކީ އަތޫފު މުޙައްމަދު އާތިފެވެ. ޑެޕިއުޓީ ގޭމްސް ކެޕްޓަނަކީ ފާތިމަތު ޝައުރާ ރިލްވާނެވެ.

ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި ހޮވި ޝާހާންއާއި އިޒްޔާން- ފޮޓޯ: އަތޫފު އާތިފު

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލުގައި 19 ދަރިވަރުން ތިބެއެވެ. އެއީ ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުންގެ އިތުރުން އެ ކައުންސިލިގައި ހިމެނެނީ، ހައުސްތަކުގެ ކެޕްޓަނުންނާއި ކުލަބުތަކާއި ސްކައުޓާއި ގާލްގައިޑާއި ޓްރެފިކް ލީޑަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *