އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގައި މިސްކިތެއް ހުޅުވައިފިއެވެ. މިއީ ސީއެޗްއެސްއީގެ ދަރިވަރުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެ ސްކޫލުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ނަމާދު ކުރެވޭގޮތަށް، ޤާއިމް ކުރި މިސްކިތް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

އެ މިސްކިތުގައި 40 ދަރިވަރުންނަށް އެއްފަހަރާ ނަމާދު ކުރެވޭއިރު، އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންނަށް ވުޞޫކުރުމަށް ވަކި އިސްކުރުބަރިއެއް ޤާއިމްކޮށްފައިވެއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ޙައްޤު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުން ނަމާދު ކުރާނެ މިސްކިތެއް ޤާއިމްކޮށް ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށާއި އެކަން ކުރެވޭނެ މަގުވެސް ފަހިކޮށް ދެއްވި ކަމަށެވެ.

" މިނިސްޓަރު ޑރ. ޝަހީމްއާއި އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން އަޅުގަނޑުމެންނަށް މިހާ ޗާލުކޮށް، ޒަމާނީ މިސްކިތެއްގެ ސިފަ ޖެއްސުނީ" ޒުހުދު ވިދާޅުވިއެވެ.
ސީއެޗްއެސްއީގައި 1000 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު