އިމާދުއްދީން ސްކޫލުގެ އިސް މަޤާމްތަކަށް ދަރިވަރުން ހޮވައިފިއެވެ. ދަރިވަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސަފޫރާއެވެ.
އިމާދުއްދީނުގެ ފިރިހެން ކެޕްޓަނަކީ އަޙްމަދު އަޔާން މުޙައްމަދެވެ. އަންހެން ކެޕްޓަނަކީ އައިޝަތު އީމާން ހަމީދެވެ.


އިމާދުއްދީން ސްކޫލް ދަރިވަރުންގެ އެކްސްކޯގައި ދިހަ ދަރިވަރުން ހިމެނެއެވެ. އެއީ ދެ ކެޕްޓަނުންނާއި ދެ ޑެޕިއުޓީ ކެޕްޓަނުންނާއި ސްޕޯޓްސް ކެޕްޓާއި ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންގެ އިތުރުން ހަތަރު ހައުސް ކަމަށްވާ ފެންފިޔާޒު ހައުސްއާއި ޔާގޫތު ހައުސްއާއި އަލިމަސް ހައުސްއާއި އިތާމުތް ހައުސްގެ ކެޕްޓަނުންނެވެ.
އިމާދުއްދީނުގެ ސްޓޫޑެންޓް ކައުންސިލުގައި 65 ދަރިވަރުން ތިބެއެވެ. އެއީ ޕްރިފެކްޓަރުންނާއި ކުލަބުތަކާއި ޔުނީފޯމް ބޯޑީސް ތަކުން ހޮވާ ދަރިވަރުންނެވެ. ދަރިވަރުން ހޮވުމުގައި، ފާއިތުވި އަހަރުގެ ދެވަނަ ޓާމުގެ އެ ދަރިވަރެއްގެ ނަތީޖާއާއި އެކްސްޓްރާ ކަރިކިއުލާ އެކްޓިވީޓީސް ތަކާއި ފާއިތުވި ދެ އަހަރު ސްކޫލުން ހިންގާ ހަރަކާތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ސްކޫލް ތަމްސީލުކޮށްފައި ވުމުގެ އިތުރުން އަޚްލާޤަށް ބަލައެވެ. އަދި އިންތިޙާބު ކުރާ ދަރިވަރުން ހޮވަނީ އެ ދަރިވަރުންނާ އިންޓިވިއުކޮށް، އަދި ހުށަހަޅާ ދިނުމުގެ ހުނަރު ހުރި މިންވަރަށް ބެލުމާއެކު ދަރިވަރުންގެ ވޯޓާ ވެސް އެކުގައެވެ.
advertisment
ހިޔާލު