ލާމަސީލުލާމު އިންޓަރސްކޫލް ވާހަކަދެއްކުމުގެ މުބާރާތް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.
ލާމުއަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށް ގެންދާތާ މިއީ ދެވަނަ އަހަރެވެ. މި އަހަރު މި މުބާރާތުގައި ބައިވެރިވަނީ ނުވަ ސްކޫލަކުންނެވެ. އެއީ އިސްދޫއާއި ކަލައިދޫއާއި ދަނބިދުއާއި އިހައްދޫ ސްކޫލާއި ޙަމަދު ސްކޫލާއި ލ. އޭއީސީއާއި މާމެންދޫ ސްކޫލާއި ހިތަދޫ ސްކޫލުގެ އިތުރުން މާވަށު ސްކޫލުންނެވެ.
މި މުބާރާތް ބާއްވަނީ ސާދަ އަހަރުން ދަށާއި ސާދަ އަހަރުން މަތީގެ އުމުރުފުރައަށެވެ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގައި މި މުބާރާތް ކުރިއަށް ގެންދާއިރު، 101 ދަރިވަރުން ވާހަކަ ދައްކާނެއެވެ.
ލާމު އަތޮޅު ކައުންސިލުން ބުނީ، މިދިޔަ އަހަރަށްވުރެ މި އަހަރު ބައިވެރިވި ދަރިވަރުންނާއި ސްކޫލްތައް ވެސް މަދު ކަމަށެވެ.
މި މުބާރާތުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ގައެވެ.
advertisment
ހިޔާލު