އެމްއެންޔޫގެ ކެމްޕަސްތަކުގައި ޓެކްނޮލޮޖީ އެހީގައި ޒަމާނީ ދަނޑުވެރިކަން ކުރަނީ

"ފެހި އެމްއެންޔޫ" ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ދަނޑުވެރިކަން ކުރުމުގެ މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ. ރެސިލިއަންޓް އައިލެންޑް އޯގަނައިޒޭޝަންގެ އެހީގައި ފެށި މި މަޝްރޫއު އިފްތިތާޙް ކޮށްދެއްވީ އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވައިސް ޗާންސެލާ ޑރ އައިޝަތު ޝެހެނާޒް އާދަމެވެ.

" ޓެކްނޮލޮޖީ އިންޓެގެރޭޓެޑް ފާމިންގ" މަޝްރޫއުން "އެމްއެންޔޫ ކިޗަން ގާޑަން" އަށް، އިތުރު މުއްސަނދިކަމެއް ލިބިގެން ދާނެއެވެ. އިއްޔެގެ ބޭއްވި ރަސްމިއްޔާތުގައ،ި އަލަށް ތަޢާރަފު ކުރި ވާޓިކަލް ފާމިންގައި ލެޓިއުސް ވަނީ އިންދާފައެވެ.

އެމްއެންޔޫގެ ފެހި ކެމްޕަސްތަކުގައި ދަރިވަރުންނަށް ތިމާވެއްޓާ ރައްޓެހި މާހައުލެއް ޤާއިމްކޮށްދީ، ޔުނިވަރސިޓީ ގެ މުގައްރަރު ތަކުގެ ތެރެއިން ސިއްހަތަށް ފައިދާހުރިގޮތުގައި ގަސް އިންދާ ހައްދާ، ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ހައްދައި، ދަރިވަރުންގެ ހިތްތަކުގައި ފެހިކަން އާލާކޮށް ގަސްތަކަށް ލޯބިކުރާ ޖީލެއް އުފައްދައިދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *