ތައުލީމީ ދާއިރާގައި 35 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، ޝަކީބުބެ ރިޓަޔަރ ކުރައްވައިފި

35 އަހަރު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު، އަޙްމަދު ޝަކީބު (ޝަކީބުބެ) ސަރުކާރުގެ ހިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ.

ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާގައި 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަހްމަދު ޝަކީބް (ޝަކިއްބެ) ސަރުކާރުގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ. މި މަހުގެ އެއްވަނަ ދުވަހު ރިޓަޔަކުރެއްވި އިރު، ޝަކީބު ހުންނެވީ ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި، އެ އޮފީހުގެ ސިވިލްސާވިސްގެ އިސްވެރިޔާގެ ގޮތުގައެވެ.

އެންއައިއީއަށް ބަދަލުކުރެއްވުމުގެ ކުރިން ހުންނެވީ ޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

މަދަރުސީ ދައުރު ނިންމުމަށްފަހު، ޤައުމީ ޚިދުމަތަށް ޝަކީބުބެ ނުކުންނެވީ 1985 ވަނަ އަހަރުގެ ފެބުރުއަރީ މަހު ތަޢުލީމީ ދާއިރާއަށެވެ. މަތި ތަޢުލީމަށް ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، 35 އަހަރާއި ހަތް މަހާއި 23 ދުވަހު ވަނީ ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.

ރިޓަޔަރކުރެއްވިކަން އިއުލާން ކުރައްވައި، ފޭސްބުކުގައި ލިޔުއްވި ބަޔާނެއްގައި ޝަކީބު ވިދާޅުވެފައި ވަނީ، " ތަޢުލީމީ ދާއިރާގައްޔާއި މީޑިއާގެ ދާއިރާއިން ލިބުނު ގިނަގުނަ ފުރުޞަތުތައް އަޅުގަނޑު ބޭނުން ކޮށްފައި ވާނީ މީހުން ހޭލުންތެރި ކުރުމަށް" ކަމަށެވެ.

" ވޭތުވެދިޔަ ސާޅީހަކަށް އަހަރަށްފަހު އަޅުގަނޑަށް އިރުޝާދު ދެއްވި ވެރިންނަށާއި، އެ ވެރިންގެ އިރުޝާދާ އެއްގޮތަށް އަޅުގަނޑާއެކު މަސައްކަތް ކުރެއްވި އެކުވެރިންނާއި އަޅުގަނޑުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރެއްވި އެންމެހައި މުވައްޒަފުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ. މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަޅުގަނޑުގެ ކަރުން ޓައީގެ ގޮށް މޮހާލައި، މިނިވަން ވެއްޓެއްގައި ޚިދުމަތް ކުރުމުގެ އާ ބާބެއް ލިޔަން ފަށައިފީމެވެ. މިހާރު ނޭވާ ލާން ހާދަހައި ފަސޭހަ ވެއްޖެއެވެ. އެންމެ މަތިވެރި އޯގާވަންތަ ދީލަތިވަންތަ ﷲ އަށް ޙަމްދު ކުރަމެވެ." ފޭސްބުކުޕޭޖުގައި ޝަކީބު ލިޔުއްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *