ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ފޭސްބުކު ޕޭޖުގައި މިނިސްޓަރު އިސްމާއިލް މިއަދު ވިދާޅުވެފައި ވަނީ، ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށާއި މިހިނގާ 2024ވަނަ އަހަރު ގްރޭޑް10 ގައި 1700 ދަރިވަރުން ފުރަމާލޭގާ ކިޔަވަމުން ދާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމުން އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމަށެވެ.

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

" ފުރަމާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެއެވެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މީހާރަށްވުރެ ކުޑަކުރެވޭނެއެވެ" ފޭސްބުކުޕޭޖުގައި ވަޒީރު ޑރ. އިސްމާއިލް ލިއުއްވާފައިވެއެވެ.

" ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެކަން ވެސް ވަޒީރު ލިޔުއްވާފައިވެއެވެ.

ފުރަމޭލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާ ކަމަށް ވެސް ޑރ. އިސްމާއިލް ވިދާޅުވެފައިވެއެވެ.

ސީއެޗްސީގެ ކުރީގެ އިމާރާތުގައި ކިޔަވައިދޭން ހުއްޓާލީ ހުޅުމާލޭގައި އމާރާތް ކުރި ސީއެޗްއެސްއީގެ އާ އިމާރާތް ހުޅުވުމުންނެވެ. އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ ސީއެޗްއެސްއީ ހިންގި އިމާރާތް މަރާމާތު ކުރުމަށްފަހު އަމީނިއްޔާގެ ބައެއްގެ ގޮތުގައި އެ ސްކޫލަށް ދޭށެވެ. އެގޮތަށް ނިންމީ އެއް ދަންފަޅީގެ ސްކޫލަކަށް އަމީނިއްޔާ ސްކޫލް ބަދަލު ކުރުމުގެ ގޮތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *