ފ. މަގޫދޫ ސްކޫލުގެ ޕްރިންސިލް ކަމުގެ މަޤާމަށް މުޙައްމަދު ފަޔާޒު ހަމަޖައްސައިފިއެވެ. ފަޔާޒު ކުރިން ހުންނެވީ ހއ. ކެލާގައި ހުންނަ ޝެއިޚް އިބްރާހިމް ސްކޫލުގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތް ކުރެއްވިއެވެ.
ފަޔާޒަށް، މަގޫދޫ ސްކޫލުން އިއްޔެ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެ ސްކޫލުގެ އިސް ފަރާތްތަކާ އޭނާ ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ.
2014 ވަނަ އަހަރު ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ ފިޔާޒު ވަނީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދ. ރިނބިދޫ ސްކޫލާއި ތ. އަތޮޅު މަދަރުސާގައި ޕްރިންސިޕަލެއްގެ ގޮތުން، މަސައްކަތް ކުރައްވާފައެވެ.
ފަޔާޒު ވަނީ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހައްދަވާފައެވެ.

ދަރިވަރު ނޫހަށް ފަޔާޒު ވިދާޅުވި ގޮތުގައި، މަގޫދޫ ސްކޫލަށް ބަދަލުވެވަޑައިގެންނެވީ އުފަން ރަށާ ކައިރިން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުންނެއެވެ. އަދި މަގޫދޫއަކީ ތައުލީމަށް ލޯބިކުރާ ރައްޔިތުން ތިބި ރަށަކަށް ވުމާއެކު މަގޫދޫ ސްކޫލުގެ ކުރިމަގަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވޭނެ ކަމުގެ އުއްމީދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޔާޒު ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ދަރިވަރުންގެ އެކަޑަމިކް ނަތީޖާ ރަނގަޅުކޮށް ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދައި ދޭން ކަމަށާއި މިހާތަނަށް މަސައްކަތް ކުރެއްވި ސްކޫލްތަކުގައި އެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރެއްވުނު ކަމަށެވެ.
" ކޮމިއުނިޓީއާ ގުޅިގެން ކުރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމާއެކު އެކަޑިމިކް ނަތީޖާ ރަނގަޅު ކުރުމަކީ އެއީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް. މިހާތަނަށް މަސައްކަތް ކުރި ސްކޫލްތަކުން އެ ނަތީޖާ ފެންނާނެ" ފަޔާޒު ވިދާޅުވިއެވެ.
advertisment
ހިޔާލު