ފަސްކުރި ޤައުމީ ޤުރުއާން މުބާރާތް އަންނަ އާދިއްތަ ދުވަހު 1020 ދަރިވަރުންނާއެކު ފަށަނީ

ގުރޭޑް 10ގެ ދަރިވަރުންހެ މޮކް އެގްޒާމްއާ ދިމާވާތީ ފަސްކުރި 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މި މުބާރާތް ފަސްކުރީ ގުރޭޑް 10 ގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މި މުބާރާތް ފަށާއިއިރު އެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ވެސް މިހާރު ވަނީ ނިމިފައެވެ.

މި އަހަރު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވިން ކިޔަވާނެ ގޮތުގެ ތާވަލު ޤުރުއާނާ ބެހޭ މަރުކަޒުން މިހާރު ވަނީ އާންމުކޮށްފައެވެ. އެ ތާވަލުގައިވާ ގޮތުން 1020 ފަރާތަކުން ދެ ގޮފީގައި ބައިވެރިވެ ޤުރުއާން ކިޔަވާނެއެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 590 ފަރާތަކުން، އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި 430 ފަރާތަކުން ވާދަކުރެއެވެ. ހާފިޒުންގެ ބައިގައި 15 ފަރާތަކުން ބައިވެރިވެއެވެ.

ކީރިތި ޤުރްޢާނާ ބެހޭ މަރުކަޒުން ނެރުނު ތާވަލުގައިވާ ގޮތުން މި މުބާރާތުގެ ކިޔެވުން މި މަހުގެ 30ން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

އެހެން އަހަރު ތަކޭ އެއްގޮތަށް އަންނަ އަހަރު ބާއްވާ މުބާރާތުގައި ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ސުކޫލުތަކުގެ ދަރިވަރުންނާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ޤުރްޢާން ކުލާސްތަކާއި، ޙާފިޡުންގެ އިތުރުން ކުލަބު ޖަމްޢިއްޔާތަކަށެވެ.

މި މިބާރާތުގައި ސްކޫލު ކުދިންގެ ބައިގައި، ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި ބައިވެރިވެވޭނެ ކަމަށާއި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވަނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށް ކަމަށް ކީރިތި ޤުރްޢާނާ ބެހޭ މަރުކަޒުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *