އދ. ދަނގެތީ ސްކޫލުގެ 7ން މަތީގެ ހުރިހާ ގުރޭޑް ތަކެއްގެ ދަރިވަރުން ފަތަން ދަސްކޮށްފިއެވެ.
އެ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނީ އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންނެވެ.

ދަނގެތީ ސްކޫލުގެ 7ން މަތީ ހަތަރު ގުރޭޑްގައި ކިޔަވަމުންދާ 50 އެއްހާ ދަރިވަރުންނަށް 15 ދުވަހުގެ ތެރޭގައި ފަތަން ދަސްކޮށް ދިނުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެ ސްކޫލުން ފާހަގަ ކުރެއެވެ.

އެ ސްކޫލުން ބުނީ، ފަތަން ދަސްކުރަން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ އެ ހުރިހާ ހުރިހާ ސެޝަނެއްގައި ވެސް ދަރިވަރުން ބައިވެރިވި ކަމަށާއި ފަތަން ދަސްކުރީ ކުރާހިތުން އެހާމެ ޝަޢުޤުވެރިކަމާ އެކު ކަމަށެވެ.

އެ ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުނީ ދަރިވަރުންނާއި ބެލެނިވެރިން ދިން އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަން ދަނގެތީ ސްކޫލުން ފާހަގަ ކުރެއެވެ. އަދި ފުލުހުން އެފަދަ ޕްރޮގްރާމެއް އަމިއްލަ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔައީތީ ފުލުހުންނަށް ޚާއްޞަ ޝުކުރެއް އެ ސްކޫލުން އަދާކުރިއެވެ.
advertisment
ހިޔާލު