* އެޑެކްސެލް އޭލެވެލް އަށް ފީ ދައްކައިދޭނީ، ގުރޭޑް 12ގެ ފުރަތަމަ ޓާމުގައި 40 އިންސައްތަ ހޯދާ ދަރިވަރުންނަށް
* އޭއެސްގެ މާއްދާތަކަށް ފީ ދައްކައިދެނީ، ގުރޭޑް 11ގެ ފުރަތަމަ ޓާމުގެ ޓެސްޓުގައި ދަށްވެގެން 50 އިންސައްތަ ހޯދާ މާއްދާތަކަށް
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުގައި ބައިވެރިވުމަށް ސަރުކާރުން ފީ ދައްކައި ދިނުމުގެ އުޞޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. މި ގެނައި ބަދަލުތަކާއެކު އެ އުޞޫލަށް ދަނީ އަމަލުކުރަމުންނެވެ.
މި އުޞޫލުގައި ބުނާ ގޮތުން މަތީ ސާނަވީ އިމްތިޙާނަށް ސަރުކާރުން ފީ ދައްކައި ދޭނީ ގުރޭޑް 11އަދި 12ގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށެވެ. ފީ ދެއްކުމުގައި ބަލަނީ އެ ދަރިވަރަކު ކިޔަވާ ސްކޫލެއްގައި އެންރޯލް ވެފައިވާ މާއްދާތަކަށް ރިޔާއަތް ކުރުމަށްފަހުއެވެ.
އެޗްއެސްސީ އިމްތިޙާނުގެ އިސްލާމިކް ސްޓަޑީޒް އަދި ދިވެހި ބަހަކީ މަތީ ޘާނަވީ ގުރޭޑްތަކުގައި ހުރިހާ ދަރިވަރުން ކިޔެވުމަށް މަޖޫބޫރު މާއްދާތަކަކަށް ވުމާއެކު އެ ދެ މާއްދާއަށް ސަރުކާރުން ފީ ދައްކާނެއެވެ.
އެޑެކްސެލް ޖީސީއީ އޭ ލެވެލް (އޭޓޫ) އިމްތިޙާނުގެ މާއްދާތަކަށް ސަރުޚާރުން ފީ ދައްކައި ދޭނީ، ގުރޭޑް 11ގެ ސެމެސްޓަރ އިމްތިޙާނުގެ ފައިނަލް ނަތިޖާ ނުވަތަ ގުރޭޑް 12 ގެ ފުރަތަމަ ސެމެސްޓަރގެ އިމްތިޙާނުން ދަށްވެގެން 40 މާކްސް ހާޞިލް ކޮށްފައިވާ ގުރޭޑް 12ގެ ދަރިވަރުންނަށެވެ.
ގުރޭޑް 11ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އޭއެސް ލެވެލްގެ މާއްދާއެއްގެ މޮޑިޔުލަރ ޔުނިޓެއްގައި ނުވަތަ ޔުނިޓްތަކެއްގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެ މާއްދާގައި ބައިވެރިވެވޭނީ، ގުރޭޑް 11ގެ ފުރަތަމަ ސެމެސްޓަރ އިމްތިޙާނުގައި އެ މާއްދާއަކުން ދަށްވެގެން 50 މާކްސް ޙާޞިލްކޮށްފައި ވާނަމައެވެ. އަދި ކޮންމެ މާއްދާއެއްގެ މޮޑިއުލަކަށް ސަރުކާރުން ފީ ދައްކައި ދޭނީ އެއް ފަހަރުއެވެ. ގުރޭޑް 11 އަދި 12ގައި މޮޑިޔުލަރ މާއްދާއެއްގެ ފީ ދައްކައިދީފައިވާނަމަ، އަލުން އެ ޔުނިޓެއްގައި ބައިވެރިވުމަށް ސަރުކާރުން ފީ ދައްކައެއް ނުދޭނއެވެ.
ކޭމްބްރިޖް އީއެސްއޯއެލް އިމްތިހާނުގެ މާއްދާތައް ( ސީއޭއީ އާއި ސީޕީއީ) އަދި ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިޙާނުގެ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް ނުވަތަ މި މާއްދާތަކުގެ ތެރެއިން މާއްދާއެއްގައި ދަރިވަރަކަށް ބައިވެރިވެވޭނީ ގުރޭޑޭ 11 ގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، އެއްވަނަ ޓަރމް ނުނަތަ ދެވަނަ ޓަރމް ގެ އިމްތިޙާނުގައި އެ މާއްދާއަކުން ދަށްވެގެން 50 މާކްސް ހާޞިލްކޮށްފައި ވާނަމައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި އުޞޫލަށް ބަދަލު ގެނައީ ޘާނަވީ ފެންވަރަށް ކިޔަވާ ދަރިވަރުންގެ ފީ ދައްކައި ދިނުމުގެ ބޭނުމަކީ އެ މަރުހަލާ ފުރިހަމަ ކުރުމަށް ދަރިވަރުންނަށް ބާރުއެޅުމެވެ.
advertisment
ހިޔާލު