4 އަހަރަށްފަހު ތޯހާ އަލުން ޣިޔާޘުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ނިންމައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުންނަވާނެ ކަމަށް ޣިޔާޘުއްދީން ސްކޫލުން ބުނެފިއެވެ.

އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ވެސް އެކަން ވަނީ އިއުލާން ކޮށްފައެވެ.

ޣިޔާޘުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގައި އެންމެ ފަހުން ހުންނެވީ އަލީ މުސްތަފާއެވެ. މުސްތަފާ އެ މަޤާމާ ހަވާލުވެ ވަޑައިގެންނެވީ 2019 ވަނަ އަހަރު، ތޯހާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުސްތާ އިސްތިއުފާ ދެއްވީ މިދިޔަ މަހުއެވެ.

ޣިޔާޘުއްދީން ސްކޫލް ޕްރަވަޓައިޒު ކުރެއްވި އިރު އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވީ ތޯހާއެވެ. ތޯހާ އެމަގާމާ ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ.

ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ތޯހާ ހެއްދެވީ މެލޭޝިޔާއިންނެވެ. އޭގެ ފަހުން ސިންގަޕޫރުން އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓަރސް ހެއްދެވިއެވެ.

ޣިޔާޘުއްދީނުގެ އިތުރުން ދ. އަތޮޅު ސްކޫލާއި ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިލެއްގެ ގޮތުން ތޯހާ މަސައްކަތް ކުރެއްވިއެވެ. އަދި އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުން ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި ދަރުމަވަންތަ ސްކޫލުގައި މަސައްކަތް ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *