ވިލާ ކޮލެޖުގެ ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ނިންމާލައިފި

ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރް.އައި) ގެ ފަރާތުން 2024 ވަނަ އަހަރު ބޭއްވި "އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" ގެ ނިންމާލައިފިއެވެ.

ވިލާކޮލެޖްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އައިސީއެސްއާރއައި ކޮންފަރަންސް މިއަހަރު ކުރިއަށް ގެންދިޔައީ މި މަހުގެ 8 އިން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "އިނޮވޭޝަންސް ފޮރ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" އެވެ.

މި ކޮންފަރެންސަށް 53 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށަހެޅިފައި ވިއެވެ. އޭގެ ތެރޭގައި، ބައިނަލްއަޤުވާމީ ބައިވެރިންނާއި ދިވެހި ދަރިވަރުންނާއި ރިސާޗަރުން ހިމެނެއެވެ. މި ކޮންފަރެންސްގައި ތަފާތު 8 ދާއިރާއަކުން ޕޭޕަރުތަކާއި ޕޯސްޓަރތައް ހުށަހަޅާފައިވެއެވެ.

މި ކޮންފަރެންސްގައި 4 ކީނޯޓް ސްޕީޗް އާއި 5 ޕެނަލް ޑިސްކަޝަން ކުރިއަށްދިޔައެވެ. ހުށަހެޅި ރިސާޗް ޕޭޕަރުތަކުގެ ތެރެއިން އެންމެ މޮޅު ޕޭޕަރ އަދި އެންމެ މޮޅު ޕްރެޒެންޓަރ އެވޯޑް ދީފައިވެއެވެ. އެންމެ މޮޅު ޕްރެޒެންޓަރ އެވޯޑް ދީފައިވަނީ 2 ކެޓަގަރީ އަކަށް ބަހާލައިގެން ނެވެ.

އެންމެ މޮޅު ރިސާޗް ޕޭޕަރުގެ އެވޯޑް ލިބިފައިވަނީ:

މަރިޔަމް ނޫހާ އާއި ޑރ.އައިޝަތު ޝަނޫރާ – އިފެކްޓްސް އޮފް އެންކަރޭޖްމަންޓް އޮން ކޮގްނިޓިވް ޕާފޯމަންސް އޮފް އެން އެބްސްޓްރެކްޓް ރީޒަނިން ޓާސްކް އަށެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބު ވިދާޅުވީ އައިސީއެސްއާރއައި. އަކީ ގިނަ ދިރާސާވެރިންނަށް ރިސާޗް ޕްރޮޖެކްޓްތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މިދިޔަ 4 އަހަރެކޭ އެއްގޮތަށް މިއަހަރުގެ ކޮންފަރެންސް ވެސް ބިނާކުރީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށެވެ. އިޖުތިމާއީ ޢިލްމުތަކުގެ ދިރާސާތައް ކުރިއަށްވުރެ މިހާރު މުހިންމުވެފައިވާއިރު، މި ކޮންފަރެންސްގައި ސިނާއަތާ ގުޅިގެން ކުރި ދިރާސާ ނެންކަން ޑރ. ނަޖީބު ފާހަގަ ކުރެއްވިއެވެ.

ޑރ. ނަޖީބު ފާހަގަ ކުރެއްވީ ރިސާޗް އައުޓްޕުޓް ޓާގެޓް ޑިސެމިނޭޝަންގެ މުހިންމުވާ ފަދައިން ރިސާރޗް ޕޭޕަރުތައް ޕޮލިސީ ބްރީފްތަކަށް ބަދަލުކޮށް، ސިޔާސީ ބޭފުޅުނާ ހިސާބައް ގެއްދުޔުމުގެ މުހިންމު ކަމަށެވެ. މިކަމުގެ ސަބަބުން އާންމުން ބޭނުންވާ ގޮތް ސިޔާސީ ބޭފުޅުން ނިންމުމުގެ ބަދަލުގައި ހަގީގަތުގައި އާމުން ބޭނުންވާ ކަންކަން ދައްކުވައިދޭ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި އަދި ސިޔާސަތު ކަނޑައަޅުމުގައި ދިރާސާވެރިންނަށް އެހީތެރިވެދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރަންސްއަކީ، މިނިސްޓްރީ އޮޕް ހެލްތް، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އެންޓި-ކޮރަޕްޝަން ކޮމިޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފްދި މޯލްޑިވްސް، ޔުނައިޓެޑް ނޭޝަން )މޯލްޑިވްސް( އަދި ޔުނިސެފް އިން އެންޑޯޒް ކޮށްފައިވާ އިވެންޓެކެވެ. އައި.ސީ.އެސް.އާރ.އައި. 2024ގެ މެއިން ސްޕޮންސަރ އަކީ، ކްރޯ  އެލް.އެލް.ޕީ އެވެ. މިއަހަރުގެ ކޮންފަރަންސްގެ ޕާރޓްނަރުންނަކީ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރ ވީޓީވީ، ލެމަންގްރާސ، ބާރ ކައުންސިލް، އަމާނާ ތަކަފުލް، އިންސެއިފް ޔުނިވާސިޓީ، އަހްލިއާ ޔުނިވާސިޓީ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ހިއުމަން ރިސޯސް ޕްރޮފެޝަނަލް އަދި އޫރީދޫ އެވެ.

މިއީ ވިލާ ކޮލެޖުން މިފަދަ ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެކި އެކި ދާއިރާއިން ދިރާސާކުރައްވާ ބޭފުޅުންނަށް އެބޭފުޅުންގެ ދިރާސާތައް ފަންނީ ބޭފުޅުންނާ ޙިއްޞާ ކުރުމާއި ހުށައެޅުއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި ދިވެހިރާއްޖޭގައާއި އަދި ބައިނަލްއަގްވާމީގޮތުން ތަފާތު ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ އިލްމީ އަދި ފަންނީ ބޭފުޅުންނާއިއެކު ގުޅުން ގާއިމްކުރުމާއި އެބޭފުޅުންގެ އިލްމީ އަދި ފަންނީ ދިރާސާތައް ބިނާކުރުވަނިވި މާހައުލެއްގެ ތެރޭގައި މަޝްވަރާކޮށް ހިއްސާކުރުމަށް މަގުފަހިކޮށް ދިނުމާއިއެކު އެބޭފުޅުންގެ މަސައްކަތްތައް އާންމުންނާއި ހިއްސާކުރެވޭނެ ފަދަ ފުރުޞަތުތަކެއް ފަހިކޮށް ދިނުމެވެ. މިގޮތުން މިކޮންފަރަންސްގައި ހުށަހެޅުއްވި ބޭފުޅުންގެ ކަރުދާސްތައް ވިލާ ކޮލެޖުގެ ޖަރނަލް "އިންޓަރނެޝަނަލް ޖަރނަލް އޮފް ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" ގައި ޝާއިއު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

އެންމެ މޮޅު ޕްރެޒެންޓަރުގެ އެވޯޑްތައް، ކެރިއަރ ރިސާޗަރ ކެޓަގަރީ ލިބިފައިވަނީ:

އެސޯސިއޭޓް ޕްރޮފެސަރު އިސްމާއިލް ނިޒާމް، ޑރ އަހުމަދު ޝާހިދު އަދި އެސިސްޓެންޓް ޕްރޮފެސަރު ޑަމިތު ގަންގޯޑަވިލާގޭ އަށެވެ.

އެންމެ މޮޅު ޕްރެޒެންޓަރުގެ އެވޯޑްތައް، ނޮވިސް ކެޓަގަރީ ލިބިފައިވަނީ:

ބަޓޫލް ޒާހޫ، ފަތުމަތު ލަމްޔާ އިމްތިޔާޒް، ލިއާރނިޝާ އެސް އާރް އަށެވެ.

މި ރަސްމީޔާތުގައި މިއަހަރުގެ ފެބްރުއަރީ މަހު ވިލާ ކޮލެޖްގެ މުވައްޒަފުން ރިސަރޗް ކުރުމަށް ހުޅުވާލި ރިސާޗް ގްރާންޓް 10 ފަރާތަކުން ހުށަހަޅައި އޭގެތެރެއިން 9 ފަރާތަކަށް ވަނީ ހަވާލުކުރެވިފައެވެ.

ރިސާޗް ގްރާންޓް ލިބުނު 9 ފަރާތަކީ:
  • ލިއާރނިޝާ އެސް އާރް، ޑރ. ސީ.ސެލްޑެވް ކްރިސްޓޮފަރ، ފަރނިޝާ އެސް އާރގެ ރިސާޗް ޕްރޮޕޯސަލް " މެޑިކަލް އިމޭޖް ޕްރޮސެސިންގ ފޯރ އަރލީ ޑިޓެކްޝަން އޮފް ކެންސަރ: އެ މެޝިން ލާރނިންގ އެޕްރޯޗް"
  • އުސްތާޒާ އަސްނާ އަޙްމަދު، ޑރ.ދީޕްތީ ޚުބަލްކަރު، ޑރ.ޝިލްޕާ ޝަރުމާ، އަމީޝް އަބްދުالله، ޑރ.ތާޖުދީން ސަންނީ، އުސްތާޒް ޝަހީމް ސަލީގެ ރިސާޗް ޕްރޮޕޯސަލް "އެނަލައިޒިންގ ދަ ސަސްޓެއިނަބިލިޓީ އެންޑް އެޑޮޕްޝަން އޮފް އީކޯ ފްރެންޑްލީ ޕަބްލިކް ޓޮއިލެޓްސް އިން އިންޑިއާ އެންޑް މޯލްޑިވްސް ޓު ބިލްޑް ސަސްޓެއިނަބަލް ފިއުޗާ"
  • މޫސާ މުހައްމަދު މަނިކު، މާގްރެޓް ވިޖޭ، މަނޯ ޕްރިޔާ ވިޖަޔަން އަދި ޑރ. ވަމީދު ހ.ތާލިބަށް ރިސާޗް ޕްރޮޕޯސަލް "ޑިވެލޮޕްމަންޓް އެންޑް ވެލިޑޭޝަން އޮފް އަ ނާރސިންގ އެސެސްމަންޓް އައިޓަމް ބޭންކް ފޯރ އޮޕްޓިމައިޒްޑް ކޮމްޕިއުޓަރ އެޑަޕްޓިވް ޓެސްޓިންގ ތްރޫ ސައިކޮމެޓްރިކް އެނަލިސިސް"
  • ޑރ ތާޖުދީން ސަންނީ، އެލިޒަބަތު ންވާރޫޒޭ، ޑރ އިބްރާހީމް ސުލީ، އަމީޝް އަބްދުﷲ އަދި އުސްތާޒާ އަސްނާ އަޙްމަދްގެ ރިސާޗް ޕްރޮޕޯސަލް "އެންހޭންސިން ސަސްޓެއިންބިލިޓީ މެރިން ޓޫރިސަމް ތްރޫ ޕާޓިސިޕޭޓަރީ މެރިން ސްޕޭޝަލް ޕްލޭނިން އިން ދަ މޯލްޑިވްސް"

  • ފާތިމަތު ސައީދާއި މަރިޔަމް އަޒްލީފާގެ ރިސާޗް ޕްރޮޕޯސަލް " އެންހޭންސިން ސައިންސް އެޑިއުކޭޝަން އިން މޯލްޑިވްސް ތްރޫ އޮޕަން އެޑިއުކޭޝަނަލް  ރިސޯސަސް"
  • އަމީޝް އަބްދުالله، ޑރ.ސުޚްވިންދަރު ސިންގް، ޑރ.އަހުމަރު އަފާގު، އުސްތާޒާ އަސްނާ އަހުމަދު، ޑރ.ތާޖުދީން ސަންނީ، އުސްތާޒް ޝާހިމް ސަލީމް، އަލްފާޟިލް ޖިމީ ޖޯސޭގެ ރިސާޗް ޕްރޮޕޯސަލް "ޕާސަންސް ވިތު ޑިސެބިލިޓީސް’ އިންކްލޫސިވިޓީ އެންޑް އެކްސެސިބިލިޓީ ޓު ޓޫރިޒަމް ސެކްޓަރ އިން މޯލްޑިވްސް: އެން އެނަލިސިސް އޮފް މޯލްޑިވިއަން ލެޖިސްލޭޓިވް ފްރޭމްވޯކް، ޕޮލިސީސް އެންޑް ޕްރެކްޓިސްސް"
  • އުސްތާޒް ޝާހިމް ސަލީމް، ހަމްޒާ ޚާން، އަމީޝް އަބްދުﷲ، އުސްތާޒާ އަސްނާ އަޙްމަދާއި ޑރ.ތާޖުދީން ސަންނީގެ ރިސާޗް ޕްރޮޕޯސަލް "އިންޓެލެކްޗުއަލް ޕްރޮޕަޓީ އިން ދަ މޯލްޑިވްސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް: އެ ކޮމްޕެރެޓިވް އެންޑް ސިޗުއޭޝަނަލް އެނަލިސިސް އޮފް ލެޖިސްލޭޝަންސް އެންޑް ޕޮލިސީސް"
  • ޑރ.އަފްސާރު ޝައިކް، މަނޯ ޕްރިޔާ ވިޖަޔަން، ފާލީން މުހައްމަދު، ޕުޝްޕަރަތީ ޗިންނާޔަން ނަދާރު އަދި ޑރ. މޮނިކާ އަރޯރާގެ ރިސާޗް ޕްރޮޕޯސަލް "ނޮލެޖް އޮން އެންޓިބަޔޮޓިކް ޔޫސް އެންޑް ރެސިސްޓެންސް އަމޮންގް މޯލްޑިވިއަން ހައި ސްކޫލް ސްޓޫޑެންޓްސް"
  • ޑރ.ބައިޖޫ ކޭ.ޕީ.އެމް، އައިޝަތު ތަޝްކީލް އަދި ނޫޒުހާ ނިޒާމްގެ ރ ރިސާޗް ޕްރޮޕޯސަލް "އިންވެސްޓިގޭޓިންގ ދަ އިމްޕެކްޓް އޮފް އޮގަނައިޒޭޝަނަލް އެންވަޔަރަންމަންޓް އެންޑް އެމްޕްލޯއީސް’ އެބިލިޓީ ޓު ޓްރާންސްފާ ނޮލެޖް އެންޑް ސްކިލްސް އޮން އެމްޕްލޯއީ ޖޮބް ޕާފޯމަންސް".

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *