100 އަހަރު ފުރުން ފާހަގަ ކުރަން ހިންގާނެ ހަރަކާތްތަކާގުޅޭ ގޮތުން މަޖީދީ ސައްލާ ބާއްވަނީ

މަޖީދިއްޔާއަށް 100 އަހަރު ފުރުން ފާހަގަ ކުރަން ހިންގާނެ ހަރަކާތަކާގުޅޭ ގޮތުން މަޖީދީ ސައްލާގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލަށް 100 އަހަރު ފުރޭނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

" މަޖީދީ ސައްލާ" ބާއްވަނީ މަ މަހުގެ 12 ވަނަ ދުވަހުގެ ރޭ 9:00ގައެވެ.

މަޖީދިއްޔާ ސްކޫލުން ބުނީ، މި ބައްދަލުވުމުގައި 100 އަހަރުފުރުން 1000 ދުވަހަށް ވުމުން ފެށުމަށް ހަމަޖެހިފައިވާ " ކައުންޑައުން" ޙަރަކާތުގައި ކުރާނެ ކަންތައްތަކާ ގުޅޭގޮތުން ޚާއްޞަ ގޮތެއްގައި މަޝްވަރާ ކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އެ ސްކޫލުގެ އިސްދަރިވަރުންނާއި، އެ ސްކޫލަށް ހެޔޮއެދިވަޑައިގަންނަވާ އެންމެހައި ބޭފުޅުންއެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ކަމަށް މަޖީދިއްޔާ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *