ޕައިލެޓް ކޯސް މެދުކަނޑާލަން ޖެހުނު ދަރިވަރުންނަށް ލޯން ދެނީ އެޕްރީން 1 ގެ ފަހުން އެދޭ ދަރިވަރުންނަށް

އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް ގައި ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަނުކޮށް މެދުކަނޑާލަންޖެހުނު ދަރިވަރުންގެ ތެރެއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް 01 އޭޕްރިލް 2024 ގެ ފަހުން އެދޭ ދަރިވަރުންނަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯނަށް އެދި ހުށައެޅޭނެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖޫންމަހުގެ 4 ވަނަ ދުވަހުގެ 13:30 އަށް ކަމަށެވެ.

އެހީއަށް އެދި ހުށަހަޅާއިރު، ލޯނުގެ ފައިސާ ދޫކުރުމަށް އެދޭ ފޯމާއި ލޯން އެހީގެ ފައިސާ ޖަމާކުރުމަށް ދަރިވަރު އެދޭ އެކައުންޓް ނަންބަރު، އެނގޭނެހެން ބޭންކް ޑިޕޮސިޓް ސްލިޕް ނުވަތަ އެކައުންޓް ނަންބަރު އެނގޭނެހެން ބޭންކުން ދޫކޮށްފައިވާ  ލިޔުމާއި ކޯސް ފެށޭ ތާރީޚާއި ނިމޭ ތާރީޚް ނުވަތަ ކޯހުގެ މުއްދަތު އެނގޭނެހެން އަދި  ކޯހަށް ދައްކަންޖެހޭ ފީ އިނގޭނެހެން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ލިޔުން ހުށަޅަންވާނެ ކަމަށެވެ.

ލޯނަށް އެދި ހުށަހަޅާނީ https://myedu.egov.mv މެދުވެރިކޮށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *