ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފި

އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔަވަން ފަށާއިރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ރަށްރަށަށް ފޮތްތައް ފޮނުވަން ފުލުހުން ހަވާލުވީ، މޫސުމްގޯސްވެ ދަތުރު ފަތުރަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދުވަސް ވަރެއްގައެވެ. ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އަދި މެދު ރާއްޖެތެރެއަށް އޮރެންޓް އެލާޓް ވެސް އެ އިދާރާއިން ވަނީ ނެރެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ސްކޫލްތަކުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ދަރިވަރުންނަށް ފޮތްތައް ލިބޭނެ ކަމަށެވެ.

ކޮންމެ ދިރާސީ އާ އަހަރެއް ފެށޭއިރު، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމައަށް ފޯރުކޮށްދޭން އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތް ކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *