ހިދާޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި

ނ. މިލަދޫގައި ހުންނަ ހިދާޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

މިލަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވީ މެއި މަހުގެ 9ވަނަ ދުވަހުއެވެ. އޭގެ ތިން ދުވަސް ފަހުން ޕްރިންސިޕަލަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރިއެވެ. މެއި މަހުގެ 13 ވަނަ ދުވަހު ކުރި އެ އިއުލާނުގެ މުއްދަތު ހަމަވީ އިއްޔެއެވެ. މިލަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން، އެންމެ ފަހުން އިއުލާން ކުރީ މިއަދުއެވެ. މިއަދު ކުރި އިއުލާނުގެ މުއްދަތު ހަމަވަނީ މެއި މަހުގެ 26އަށެވެ. އެއީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަހެވެ.

މިލަދޫގެ އިތުރުން ބ. ކެންދޫ ސްކޫލަށާއި ހދ. ފިއްލަދޫ ސްކޫލަށް ވެސް ޕްރިންސިޕަލަކު ހޯދަން ދެވަނަ ފަހަރަށް ވަނީ އިއުލާން ކޮށްފައެވެ.

ކެންދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ފުރަތަމަ އިއުލާން ކުރީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވީ އިއްޔެއެވެ. އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރީ މިއަދުއެވެ. މިއަދު ކުރި އިއުލާނުގެ މުއްދަތު ހަމަވަނީ މި މަހުގެ 26އަށެވެ.

ފިއްލަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ފުރަތަމަ އިއުލާން ކުރީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވީ މެއި މަހުގެ 9އަށެވެ. އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރީ މެއި 12 ގައެވެ. މުއްދަތު ހަމަވީ 16 ވަނަ ދުވަހުއެވެ.

މި ސްކޫލްތަކުގެ އިތުރުން އެހެން ސްކޫލްތަކަށް ވެސް ޕްރިންސިޕަލުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރިއެވެ. އޭގެ ތެރޭގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ނ. އަތޮޅު ހޮޅުދޫގައި ހުންނަ މޭނާ ސްކޫލް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *