ކުޅުދުއްފުށި ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްގެން 5،000 ރުފިޔާ

ކުޅުދުއްފުށި ނޮލެޖް ސެންޓަރ" އަދި "ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ" ގެ ލޯގޯ ފަރުމާކުރަން ރާއްޖޭގެ ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް ނުވަތަ ސްޓޫޑިއޯތަކަށް ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ މި މުބާރާތުގައި ބައިވެރިވެ، ކުޅުދުއްފުށި ނޮލެޖް ސެންޓަރ އަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާ އަދި ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

ލޯގޯ ފަރުމާކޮށްފައި ހުށަހަޅަން ޖެހެނީ އަންނަ  ޖޫން މަހުގެ ދެވަނަ ދުވަހުގެ 13:00 ކުރިންނެވެ. ގޫގުލް ފޯމް މެދުވެރިކޮށް ލޯގޯ ހުށައަޅަންވާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް (ސްޓެންސިލް)  PDFސޮފްޓްކޮޕީއެއް ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ. އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، ގިނަވެގެން ކޮންމެ ބައިވެރިއަކަށް ވެސް ހުށައެޅީނީ ކޮންމެ ތަނަކަށް ލޯގޯއެއް ކަމަށެވެ.

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭން ޖެހޭ ކަންތައްތައް ކަމުގައި ބުނެފައި ވަނީ:

  • ކުޅުދުއްފުށި ނޮލެޖް ސެންޓަރ އަދި ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ މަސައްކަތްތައް ރަމްޒުކޮށްދިނުން.
  • ކުޅުދުއްފުށި ސިޓީގެ ތާރީޙާއި ސަޤާފަތާއި އާދަކާދައާއި މަސައްކަތްތެރިކަމާއި ނުވަތަ ހުނަރު ރަމްޒުކޮށްދިނުން.
  • ރަސްމީކޮށް އަދި ނުރަސްމީކޮށް އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިނުވާ އޮރިޖިނަލް ލޯގޯ އަކަށްވުން.
  • ލޯގޯ ވާންވާނީ ސްކޭލަބަލް ލޯގޯއަކަށް (ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގައި ވޯޓަރމާކްއެއްގެ ގޮތުގައި ނުވަތަ ގްރެފިކްސްއެއްގައި ބޭނުންކުރާއިރު އަސްލު ގެއްލިގެން ނުވާނެ).
  • އެނިމޭޓްކުރެވޭނެ ގޮތަށް ލޭޔަރ ތައް ވަކިކުރެވިފައި ހުރުން.
  • އެނިމޭޓް ކުރެވިފައިވާ ލޯގޯ ހުށައަޅާފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *