ފާއިތުވި 2023 ވަނަ އަހަރު މަތީ ސާނަވީން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕާއި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދޭ ހައި އެޗީވަރސް ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ. މި ދެ ސްކޮލަރޝިޕަށް ހުށަހަޅަން ޖެހެނީ އަންނަ ޖުލައި މަހުގެ 31ވަނަ ދުވަހުގެ 13:30ގެ ކުރިންނެވެ.
މަތީ ސާނަވީން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ދެނީ، ފާއިތުވި އަހަރު މަތީ ސާނަވީ ފުރިހަމަ ކުރި ދިވެހި ދަރިވަރުންގެ ތެރެއިން އިސްލާމްއާއި ދިވެހި ހިމެނޭ ގޮތަށް ފަސް މައްދާއިން އޭ ސްޓަރ ހޯދުން، އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ހަމަޖައްސައިދެނީ ސަރުކާރުންނެވެ.
ފާއިތުވި އަހަރު، މަތީ ސާނަވީން އެއްވަނަ ހޯދާފައިވަނީ 16 ދަރިވަރުންނެވެ. އެއީ ސީއެޗްއެސްއީއާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ހަ ދަރިވަރުންގެ އިތުރުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުންނެވެ.

މަތީ ސާނަވީން އެއްވަނަ ހޯދާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން:
ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލް:
- އަޙްމަދު ޒާހު ވަދީފު
- އައިޝަތު ޖަނާން އަޙްމަދު
- އައިޝަތު ލީސާ ސައީދު
- މައިހާ ހަސަން މުޙައްމަދު
- ރަޔާން އަޙްމަދު އަލީ
- ތީބާ އަލީ ޝަފީޢު
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން
- އަބްދުއްﷲ ޒަޔާން ޒުހުރީ
- އަލީ ސަޢުދާން ޝާހީން
- ޙަސަން ބަނީން ސަރޫފު
- މުޙައްމަދު އަބާން
- މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއު
- މުޙައްމަދު ޝާމިޚް ޝަފީޤު
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- އަބްދުﷲ ފިރުޒާން އަޙްމަދު
- ލަޔާން މުޙައްމަދު ރަޝީދު
- ރަޒާން އިބްރާހިމް ރަޝީދު
- ޔުމްނު ޔަމަން އަލީ
ހައިއެޗީވަރސް ސްކޮލަރޝިޕް ދެނީ ފާއިތުވި އަހަރު މަތީ ސާނަވީ ނިންމި ދިވެހި ދަރިވަރުންގެ ތެރެއިން ޖިސީއީ އޭލެވެލް ތިން މާއްދާއިންނާއި އެޗްއެސްސީގެ ދިވެހި އިސްލާމް މާއްދާއިން ދަށްވެގެން އޭ ފާސް ހާޞިލްކުރާ ދަރިވަރުންނާއި ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާ ސާނަވި ނިންމައި ހުރިހާ މާއްދާއަކުން އޭ ހޯދައިފައިވާ ދަރިވަރުންނަށެވެ. އަދި އިނގިރޭސިބަހުގެ އިމްތިޙާނަކުން ފާސްވެފައި ވުމަކީ ވެސް މި ސްކޮލަރޝިޕް ލިބުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
ހައި އެޗީވަރސް ސްކޮލަޝިޕްގެ ދަށުން ފުރުޞަތު ދެނީ ނެޝަނަލް ޓްރެއިނިންގ ނީޑްސް ލިސްޓްގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާޞިލް ކުރުމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ފުރުޞަތު ދެނީ:
- ދިވެހިރާއްޖޭ
- ސާރކުގެ އެހެނިހެން ޤައުމުތައް
- މެލޭޝިޔާ
- ތައިލެންޑް
- ޕިލިޕިންސް
- ޗައިނާ
- އޯއީސީޑީ ޤައުމުތަކުގައި ކިޔެވުމަށެވެ.
advertisment
ހިޔާލު