ވިލާ ކޮލެޖުން އާ ކޯސްތަކެއް ތަޢާރަފް ކޮށްފިއެވެ. މިކޮސްތައް ލޯންޗްކުރީ ވިލާ ކޮލެޖުގައި ބޭއްވުނު ޙާއްސަ ޙަފްލާ އެގައެވެ. މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ، މި ކޯސްތައް ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް، އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު އަޙްމަދެވެ.
މިއަދު ތަޢާރަފް ކުރި ކޯސްތަކަކީ:
- ސެޓްފިކެޓް 3 ކަލިނަރީ އާޓްސް،
- މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ
- ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ (އޮނަރސް)
- މާސްޓަރ އޮފް އިންޖިނިއަރިންގ (އިލެކްޓްރިކަލް)
- މާސްޓަރ އޮފް އިންޖިނިއަރިންގ (މެކޭނިކަލް)
- މާސްޓަރ އޮފް އިންޖިނިއަރިންގ (މެކަޓްރޮނިކްސް)
- މާސްޓަރ އޮފް އިންޖިނިއަރިންގ (ކޮމްޕިއުޓިންގ)
މާސްޓާރ އޮފް އިންޖިނިއަރިން އަދި ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ
ވިލާ ކޮލެޖުގެ މާސްޓަރ އޮފް އިންޖިނިއަރިންގެ ކޯސް ތަކަކީ ރާއްޖޭގައި ތަޢާރަފްކުރި އެންމެ ފުރަތަމަ އިންޖިނިއަރިންގެ މާސްޓަރ ލެވެލްގެ ކޯސްތަކެއް ކަން ފާހަގަ ކޮއްލެވެ އެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮންޕިއުޓަރ ސައިންސްގެ ހެޑް އިދުމާ އަބްދުލް ލަތީފް ގެ ޕްރޮގްރާމްގެ ތަޢާރަފުގައި ވިދާޅުވީ، އެ ޕޮރްގްރާމް ތަކަކީ، އިންޖިނިއަރިންގެ އެކި ކޮންޕްލެކްސް މައްސަލަތަކަށް ހައްލު ހޯދުމަށް އިންޖިނިއަރިން އަދި ޓެކްނޮލޮޖީ ކުރިއަރާފައިވާވަރު އެނގުމާއި، އަތް މަތީ ހުނަރުތައް ދައްކާލެވޭ ޕްރޮފެޝަނަލް ޕޯސްޓް ގުރެޖުއެޓުން ތަކެއް އުފައްދާނެ ޕޮރްގްރާމެއް ކަމަށެވެ. މިއީ އިންޖިނިއަރިންގެ ރޮނގުން ޢިލްމީ އަދި ހުނަރުވެރި ޕޮރޮފެޝެނަލުން ތަކެއް އުފެއްދުމަށް ވިލާ ކޮލެޖުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.
ކަލިނަރީ އާރޓްސް
ސެޓްފިކެޓް ލެވަލް 3ގެ ކަލިނަރީ އާރޓްސް ޕްރޮގްރާމްގެ ތަޢާރަފުގައި، ވިލާ ކޮލެޖުގެ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ ޑެޕިއުޓީ ޑީން އައިމިނަތު ސުހާ ވިދާޅުވީ، އެ ކޯހުގެ ތެރެއިން ދަސްވާނެ މުހިންމު ކަންތައްތަކަށް ބަލާއިރު، ކާބޯތަކެތީގެ މުހިންމުކަމާއި ރައްކާތެރިކަމާއި ތާޒާކަމާއެކު ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތް ހިމެނޭ ކަމަށެވެ. ރާއްޖޭގެ ފަތުވެރިކަމުގެ ޞިނާއަތަށް ފައިދާތަކެއް ކުރާނެ އަދި އެ ދާއިރާއިން އިތުރު ދިވެހީންނަށް ވަޒީފާތަކެއް ލިބުމަށް މަގުފަހިވެގެންދާނެ ޕްރޮގްރާމަކަށް އެ ޕްރޮގްރާމް ވާނޭކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ
މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ ކޯހާ ގުޅޭ ގޮތުން ސްކޫލް އޮފް ސައިކޮލަޖީގެ ހެޑް ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ އެ ކޯހުގައި ކިޔަވައިދޭނީ ސައިކޮލަޖީ ދާއިރާއިން ޕީއެޗްޑީ ހާޞިލްކޮށްފައިވާ އަދި އެ ދާއިރާގައި މަސައްކަތް ކުރައްވާ ގާބިލް ބެފުޅުން ކަމަށެވެ.

ޑރ. ނަޝީދާ ވިދާޅުވީ އޭނާގެ އުންމީދަކީ، މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީން ގުރެޖުއޭޓް ވާ ދަރިވަރުން، ނަފްސާނީ ސިއްޙަތުގެ ޗެމްޕިއަނުންނަށްވެ ސައިކޮލޮޖިސްޓެއްގެ ހައިސިއްޔަތުން މުޖުތަމައަށް ފައިދާހުރި ޚިދުމަތެއްކޮށް އެ ޕްރޮފެޝަންގެ އަޚްލާޤީ މިންގަނޑުތަކާއި ގައިޑްލައިންތައް ދަމަހައްޓައި ކްލިނިކަލް ސައިކޮލޮޖިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޭނުންވާ ފަރަގު ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ވިލާ ކޮލެޖުން ބުނީ، މިކޯސް ތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތް ތަކަށް ވިލާ ކޮލެޖުގެ 2024 މެއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިކޯސްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ.
advertisment
ހިޔާލު