ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކީ ލައިޝާ

2022 – 2023 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ފާޠިމަތު ލައިޝާ ނާޡިމް ހޮވައިފިއެވެ. ލައިޝާ ވަނީ ޑިސްޓިންކްޝަން އެވޯޑާއި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް ޙާޞިލް ކޮށްފައެވެ. މީގެއިތުރުން ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒްއާއި ކްލާސް ޕްރައިޒް އަދި ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، އިސްލާމް، އިނގިރޭސި، ކެމިސްޓްރީ) ވަނީ ހާސިލްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކުމުންދޫ ސްކޫލްގެ 2022 – 2023، ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޢަފީފުއްދީން ސްކޫލް ޕްރިންސިޕަލް ޢަދުނާން ޢަލީއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި އުނގެނުމުގައި އަބަދުވެސް އުއްމީދާއެކު މަސައްކަތްކުރާ ދަރިވަރުންނަށް ވުމަށާއި، ރިވެތި އަޚުލާޤެއްގެ ދަރިވަރުންނަށްވުމަށް ނަސޭހަތްތެރިވިއެވެ. އަދި މުދައްރިސުންނަކީ އަބަދުވެސް އުނގެނޭ ބަޔަކަށްވުމަށް ހިތްވަރުދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ ދިރާސީ އަހަރު އެކިއެކި ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްދެއްވީ ޢަފީފުއްދީން ސްކޫލް ޕްރިންސިޕަލް ޢަދުނާން ޢަލީ، ކުމުންދޫ ކައުންސިލް ނައިބު ރައީސް ޢަލީ އަންވަރު، ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޢަބްދުލްވާޙިދު، ކުމުންދޫ ކައުންސިލްގެ ޑިރެކްޓަރ ޢަލީ ޙުސައިން، ކުމުންދޫ ކައުންސިލް މެންބަރު ޢަލީ ޤާސިމް އަދި ކުމުންދޫ ސްކޫލް އިސްލާމް މުދައްރިސް އައްޝައިޚު ޢަބްދުލް ޙަމީދު ޔޫސުފެވެ.

ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު އާމިނަތު ލަމްސާ އާއި ގްރޭޑް 9 ގެ ދަރިވަރު އަޝްފާ އަސްލަމް އަދި ގްރޭޑް 10 ގެ ދަރިވަރު މުޙައްމަދު ޒައިން އިބްރާހީމް ހިމެނެއެވެ.

ސަބްޖެކްޓް ޕްރައިޒް (އިސްލާމް، އިނގިރޭސި، ހިސާބު، ކެމިސްޓްރީ، އެކައުންޓިންގ) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އާމިނަތު ލަމްސާ އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، ދިވެހި) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އަޝްފާ އަސްލަމް އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ޢާއިޝަތު ރާޔާ މުޙައްމަދު އެވެ.

ކްލާސް ޕްރޮގްރެސް ޕްރައިޒް ލިބުނު ދަރިވަރުން ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު ހުސާން މުޙައްމަދު، ގްރޭޑް 10 ގެ ދަރިވަރު ޙައްވާ އުމައިޝާ އިބްރާހީމް އަދި ގްރޭޑް 10 ގެ ދަރިވަރު ޢާލިމް އާދަމް ހިމެނެއެވެ.

ސާނަވީ މަރުޙަލާ ނިންމާ އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ފާޠިމަތު ލައިޝާ ނާޡިމް (ގްރޭޑް 10)، ޢާއިޝަތު ރާޔާ މުޙައްމަދު (ގްރޭޑް 10)، މުޙައްމަދު ޒައިން އިބްރާހީމް (ގްރޭޑް 10)، ޢާލިމް އާދަމް (ގްރޭޑް 10)، ޙައްވާ އުމައިޝާ އިބްރާހީމް (ގްރޭޑް 10) ހިމެނެއެވެ.

ޑސްޓިންކްޝަން އެވޯޑް ޙާސިލްކުރި އިތުރު ދަރިވަރުންގެ ތެރޭގައި މުޙައްމަދު ޒައިން އިބްރާހީމް (ގްރޭޑް 10) އާއި އަރްޖުން ރާޖް (ގްރޭޑް 10) ހިމެނެއެވެ.

ކްލާސް ޕްރައިޒް ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އާމިނަތު ލަމްސާ އެވެ.

ގްރޭޑް 7 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ޢާއިޝަތު ޔަޝްފާ އިބްރާހީމް، އަޙްމަދު އައިހަމް އަސްލަމް، ޢާއިޝަތު އުލާ ޢަދުނާން، ޢަޒުމާ އާދަމް ނަޞީރު، އާމިނަތު ސާނިޔާ އަންވަރު އަދި އާމިނަތު ލައިސާ ހިމެނެއެވެ.

ގްރޭޑް 8 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހުނޭފާ ޢަބްދުﷲ، މަރްޔަމް މިޝްޤާ އަޙްމަދު، ފުރުޝާން ޙުސައިން، ފާޠިމަތު އީނާޝް މުޝައްޔިރު، ނަޢުމާ ޢަބްދުއްރަޙީމް ހިމެނިފައިވެއެވެ.

ގްރޭޑް 9 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި އާމިނަތު ލަމްސާ، އަޝްފާ އަސްލަމް، ޢަބްދުﷲ އަޛީން އަޙްމަދު، ފާޠިމަތު ނަޡީމާ ނާޡިމް ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *