ޤުރުއާން ހިތުދަސްކުރި ޙަނޫނުގެ ޝަރަފުގައި އަމީނިއްޔާއިން ޚާއްޞަ ހަފުލާއެއް

ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށް ވުމުން، އަމީނިއްޔާ ސްކޫލުގެ ގުރޭޑް  8S4 ގެ ދަރިވަރު  އަލްހާފިޒް މުޙައްމަދު ޙަނޫން ޙުސައިނުގެ ޝަރަފުގައި އެ ސްކޫލުން ހަފްލާއެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި މި ހަފްލާގައި ހަދާނީ  ފިލައާއި ޚާއްޞަ އިނާމްތައް ޙަނޫނަށް ދެއްވީ، މި ހަފުލާ ޝަރަފްވެރިކޮށްދެއްވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޒިޔާދު ރަޝާދެވެ. މިހަފުލާގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއި ޕީޓީއޭ ހިންގާކޮމިޓީގެ މަންދޫބު އަދި ސްކޫލްގެ އެސްއެމްޓީ އާޢި ސީނިއަރ ގްރޭޑްތަކުގެ  ދަރިވަރުންގެ އިތުރުން ޝަރަފުވެރި ދަރިވަރުގެ އާއިލާއިން ބައިވެރިވިއެވެ.

އަލްޙާފިޒު މުޙައްމަދު ޙަނޫން އިބްރާހީމް ފުރިހަމަކުރި މި މަތިވެރި ދަތުރުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ސްކޫލުން ވަނީ ހަނދާނީފިލާ އާއި ސޭޝްއެއްގެ އިތުރުން ދަރުމަ ގޫރޫޕުގެ އެހީގައި ސްކޫލުން އުމުރާ ދަތުރެއް ދީފައެވެ. މީގެ އިތުރުން އެ ސްކޫލުގެ ޕީޓީއޭއިން ދިން ހަނދާނީ ފިލައެއްގެ އިތުރުން އެސްއެމްޓީގެ ފަރާތުން ފައިސާގެ އިނާމެއް ވެސް ދީފައިވެއެވެ.

މިދިޔަ އަހަރު ވެސް އަމީނިއްޔާގެ ދަރިވަރަކު ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސެޓްފިކެޓް ހޯދުމުން އެ ސްކޫލުން ވަނީ އެ ދަރިވަރުގެ ޝަރަފުގައި ޚާއްޞަ އެސަމްބްލީއެއް ބާއްވާފައެވެ.

އަމީނިއްޔާގެ ދަރިވަރަކު ޤުރުއާން ހިތުދަސްކޮށް ޙާފިޒަކަށް ވުމަކީ އެ ސްކޫލަށް ލިބޭ ބޮޑު ޝަރަފެއްކަން ފާހަގަކޮށް އެ ސްކޫލުން ވަނީ ޙަނޫނަށާއި އޭނާގެ އާއިލާއަށް ސްކޫލުގެ އިސްވެރިންނާއި ހުރީހާ މުވައްޒަފުން  ހިމެނޭ ގޮތުން ތަހުނިޔާ އާއި އައްސަރިބަހާއި ސާބަސް ރައްދުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *