ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ ނުވަތަ ސެންޓަރުތަކަށާއި އެމްއެންޔޫއެސްޔޫ އިން ދަޢުވަތުދޭ ހައި ސްކޫލްތަކާއި ކޮލެޖް، ޔުނިވަރސިޓީތަކަށެވެ.
މިއީ މި މުބާރާތް ބާއްވާ ދިހަ ވަނަ އަހަރެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވިފައި ވަނީ އަންނަ މަހުގެ 15 ން 23 އަށެވެ
ބައިވެރިވާން އެދޭ ފޯމާއި ޤަވާއިދު އެ ޔޫނިއަންގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.
advertisment
ހިޔާލު