ތިލަދުންމަތީ ސްކޫލްތަކުގެ މެދުގައި ބޭއްވި ފެތުމުގެ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ވެއްޖެއެވެ. ފަސް ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ، އިތުރު ދެ ކެޓަގަރީއަކުން ދެވަނައާއި ތިން ވަނަ އެ މަރުކަޒުން ވަނީ ހޯދާފައެވެ. އެ ސްކޫލްގެ 14 ދަރިވަރަކު މި ކެޓަގަރީ ތަކުން ގަދަ ތިން ވަނައިގައި ހިމެނިފައިވެއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މުބާރާތުގައި ބައިވެރިވި ޓީމަށް ދިއްދޫއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ޗެމްޕިއަންކަން ހޯދީ:
- ފިރިހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީ
- ފިރިހެން ކުދިންގެ ޖޫނިއަރ ބީ ކެޓަރީ
- ފިރިހެން ކުދިންގެ ސީނިއަރ އޭ ކެޓަގަރީ
- އަންހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީ
- އަންހެން ކުދިންގެ ސިނިއަރ އޭ ކެޓަގަރީންނެވެ.
އެ މަރުކަޒުން ވަނީ އަންހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީން ދެވަނަ، ސީނިއަރ އޭ ކެޓަގަރީން ތިން ވަނަ ވެސް ހޯދާފައެވެ.
ޝެއިޚް އިބްރާހިމް ސްކޫލުން ވަނީ އަންހެން ކުދިންގެ ޖޫނިއަރ ބީ ކެޓަގަރީން އެއްވަނަ ހޯދާފައެވެ. އޭގެ އިތުރުން ފިރިހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީން ދެވަނަ، ޖޫނިއަރ ބީ ކެޓަގަރީން ތިންވަނަ ސީނިއަރ ބީ ކެޓަގަރީން ދެވަނަ، އަންހެން ޖޫނިއަރ ބީ ކެޓާގަރީން ދެވަނަ ފިރިހެން ސީނިއަރ ބި ކެޓަގަރީން ތިން ވަނަ ހޯދާފައެވެ.
އަފީފުއްދީނުން ވަނީ އަންހެން ކުދިންގެ ޖުނިއަރ އޭ ކެޓަގަރީން ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ އިތުރުން ފިރިހެން ކުދިންގެ ސީނިއަރ އޭ ކޭޓަގަރީން ތިންވަނަ، ޖޫނިއަރ އަންހެންކުދިންގެ ބީ ކެޓަގަރީން ތިންވަނަ ލިބުނެވެ. އަންހެން ކުދިންގެ ޖޫނިއަރ ބީ ކެޓަގަރީން ތިން ވަނަ ލިބުނީ ވެސް އަފީފުއްދީނަށެވެ.
22 ސްކޫލަކުން 432 ދަރިވަރުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.
advertisment
ހިޔާލު