ލާމު އިންޓަރސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ސްކޫލަކަށް ލ. އަތޮޅު މަދަރުސާ

ލާމު އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ސްކޫލަކަށް އެ އަތޮޅު މަދަރުސާވެއްޖެއެވެ.

ލާމު އަތޮޅު ސްކޫލުން ވަނީ ތިން ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާފައެވެ. އެއީ ފަނަރަ އަހަރުން ދަށުގެ އަންހެން އަދި ފިރިގެން ޗެމްޕިއަން ކަމާއި 17 އަހަރުން ދަށުގެ އަންހެނުންގެ ޗެމްޕިއަން ކަމެވެ. އެ މަދަރުސާއިން ހޯދީ، 38 ރަން މެޑަލާއި 13 ރިހި މެޑަލާއި 5 ލޯ މެޑަލެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ތޭރަ އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދާފައެވެ. އެ ސްކޫލަށް 18 ރަން މެޑަލާއި 28 ރިހި މެޑަލާއި 25ލޯ މެޑަލް ލިބުނެވެ.

ހަމަދު ސްކޫލަށް 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ޗެމްޕިއަންކަން ލިބުނެވެ.

މި މުބާރާތުގައި ލާމު އަތޮޅުގެ ތޭރަ ސްކޫލަކުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *