އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ އަހުމަދިއްޔާ

އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަހުމަދިއްޔާ ސްކޫލުން ހޯދައިފިއެވެ. ފައިނަލުގައި ޣާޒީ ސްކޫލާ ބައްދަލުކޮށް އަހުމަދިއްޔާއިން ޗެމްޕިއަންކަން ހޯދީ 4-13ގެ ބޮޑު ތަފާތަކުންނެވެ.

 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ އަހުމަދިއްޔާ ސްކޫލްގެ ޖޯރީ ނަމްބަރު 1 މަރިޔަމް ކީލީން ޝިރުހާނެވެ.

މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ، އަހުމަދިއްޔާގެ ޖޯޒީނަމްބަރު 10 ފާތިމަތު ރުކާން އިބާރާހިމާއި ކަލާފާނު ސްކޫލްގެ ޖޯޒީނަމްބަރު 12 މަރިޔަމް މާޝަލް އަހުމަދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *