ކޮޅުމަޑުލު އިންޓަރ ސުކޫލް ސްޕޯރޓްސް ކޮންޕެޓިޝަން"ގައި ޒޯން ތަކުގެ ޗެމްޕިއަން ޓީމްތަކުން އަތޮޅުގެ ޗެމްޕިއަންކަން ހޯދަން ނުކުމެއްޖެއެވެ. މި މިބާރާތުގައި އަންހެން ކުދިންނަށް ބޭއްވީ ހޭންޑްބޯޅައެވެ. ފިރިހެން ދަރިވަރުންނަށް ފުޓްސެލްއެވެ.
މިހާތަނަށް އައިއިރު، ޒޯން ތަކުގެ މެޗްތައް ނިމި ޗެމްޕިއަންޓީމްތައް ވަނީ ކަނޑައެޅިފައެވެ. ދެ ކުޅިވަރުން ވެސް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދީ ދިޔަމިގިލީ ސްކޫލުންނެވެ. ތިމަރަފުށީގައި ހުންނަ އެ އަތޮޅު ތަޢުލީމީމަރުކަޒަކީ ދެ ކުޅިވަރުން ވެސް ދެވަނަ ޒޯނުގެ ޗެމްޕިއަނެވެ. ތިން ވަނަ ޒޯނުގެ ފުޓްސެލް ޗެމްޕިއަނުންނަކީ ހިރިލަންދޫ ސްކޫލެވެ. އަންހެން ދަރިވަރުންނަށް ބޭއްވި ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީ އޮމަދޫ ސްކޫލެވެ.
ކޮޅުމަޑުލުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ މި މިބާރާތުގައި ތޭރަ ސްކޫލެއްގެ ތެރެއިން ބާރަ ސްކޫލަކުން ބައިވެރިވިއެވެ. ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗްތައް ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެ ދުވަހު ހަވީރު ހޭންޑް ބޯޅަ މެޗްގައި ކުޅޭނީ ދިޔަމިގިއްޔާއި ތިމަރަފުއްޓެވެ. ރޭގަނޑު ފުޓްސެލްގައި ވެސް ކުޅޭނީ މި ދެޓީމެވެ.
advertisment
ހިޔާލު