އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް: ގުރައިދޫން ފިންލޭންޑް ސްކޫލް ކޮޅަށް 23 ލަނޑު

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރޭ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ކޮޅަށް މާލެ އަތޮޅު ގުރައިދޫ ސްކޫލުން 23 ލަނޑުޖަހައިފިއެވެ. މިއީ މި މިބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނުނު ދެ ވަނަ މެޗެވެ. ރޭ ގެ މެޗްގައި ގުރައިދޫ ގޯލް ފޫއަލުވާލާނެ އެއްވެސް ފުރުޞަތެއް ފިންލޭންޑް ސްކޫލަކަށް ގުރައިދޫން ނުދެއެވެ.

މި މެޗްގައި ގުރައިދޫގެ ހަތަރު ކުޅުންތެރިއަކު ހެޓްރިކް ހެދިއެވެ. މުޙައްމަދު ޖައިޝް ޖައުދުއާއި މުޙައްމަދު ޝަޔާން ޝިފާއު ވަނީ ކޮންމެ ކުޅުންތެރިއަކު ހަތް ލަނޑުޖަހާފައެވެ. އަދި މުޙައްމަދު އަހުޒަމް ވަދީއު އާއި ނައްވާޒު އަބްދުﷲ ނަޝީދު ވެސް ވަނީ މި މެޗްގައި ހެޓްރިކެއް ހަދާފައެވެ. އިތުރު ލަނޑު ޖެހީ، ފާލިހު އަހުމަދު ފަލާހު، އާއި ޒީކް އަހުމަދު ޝިހާމެވެ. ކީޕަރު ސާއިހު ސައީދު ވެސް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައިދިނެވެ.

މި މުބާރާތުގައި ގުރައިދޫ ސްކޫލް ތިން މެޗް ކުޅުނުއިރު ދެ މެޗުން މޮޅު ހަ ޕޮއިންޓް ވަނީ ހޯދާފައެވެ. ގުރައިދޫ ސްކޫލް މޮޅުވީ ފިންލޭންޑް ސްކޫލްގެ އިތުރުން ހުރަވީ ސްކޫލް އަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *