އިންޓަރ ސްކޫލް ހޭންޑްބޯޅަ: 15 އަހަރުން ދަށުގެ އަންހެން ޑިވިޜަންގެ ފައިނަލަށް އަހުމަދިއްޔާއާއި ޣާޒީ ސްކޫލް

އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އެންހެން ޑިވިޜަންގެ ފައިނަލަށް ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ދަތުރުކޮށްފިއެވެ.

އަހުމަދިއްޔާ ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ކަލާފާނުގެ މައްޗަށް 17-11 ން ކުރި ހޯދައިގެންނެވެ.

ޣާޒީ ސްކޫލް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ މައްޗަށް 17-6 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންގާރަ ދުވަހު ހަވީރުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *