އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި މިފަހަރު ޗެމްޕިއަނުންނަކީ މުޙައްމަދު ޖަމާލުއްދީން ސްކޫލް

ފުވައްމުލައް ސިޓީގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އެންމެ ކާމިޔާބު ސްކޫލަކީ އެ ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

އެ ސްކޫލުން ވަނީ ތޭރަ އަހަރުން ދަށުގެ އަންހެން، 15 އަހަރުން ދަށުގެ އަންހެން، އަދި ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެ ސްކޫލަކީ، 13 އަހަރުން ދަށުގެ ފިރިހެން ކުދިންނާއި 17 އަހަރާއި 19 އަަހަރުން ދަށުގެ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ބައިން ވެސް ރަނަރަޕެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ތިން ދަރިވަރުން ވަނީ ތިން ރެކޯޑެއް ވެސް މުގުރާލާފައެވެ. ތޭރަ އަހަރުން ދަށުގެ އަންހެން ބައިން ހައި ޖަންޕުން ރެކޯޑް އާކުރީ ނީމް އިބްރާހިމް އަހުސަންއެވެ. ތޭރަ އަހަރުން ދަށުގެ އަންހެނުންގެ ބައިން 70 މީޓަރު ހަރޑްލްސް ރެކޯޑް މުގުރާލީ އާމިނަތު އީޝާ މުޙައްމަދެވެ. ޑިސްކު އުކުމުން، 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ރެކޯޑް މުގުރާލީ ހުސައިން އުޒައިން އަލީއެވެ.

މުހައްމަދު ޖަމާލުއްދީން ސްކޫލުން ބުނީ އެ ސްކޫލަށް ލިބުނު ކާމިޔާބީގައި ކޯޗް އަލީ ޝާމްގެ ހިއްސާ ބޮޑު ކަމަށާއި، އެތްލެޓިކްސް ޓީމާއި އެ ސްކޫލުގެ ނަމުގައި ޚާއްޞަ ޝުކުރެއް ކޯޗް ދަންނަވާ ކަމަށެވެ.

މުބާރާތުގެ އުމުރު ފުރައިގެ ވަނަތައް:

ތޭރަ އަހަރުން ދަށް ފިރިހެން:
ޗެމްޕިއަން ޓީމް: ތިނަދޫ ސްކޫލް
ރަނަރަޕް ޓީމް: މުޙައްމަދު ޖަމާލުއްދީން ސްކޫލް
ތިންވަނަ: އަބޫބަކުރު ސްކޫލް

ތޭރަ އަހަރުން ދަށް އަންހެން:

ޗެމްޕިއަން ޓީމް: މުޙައްމަދު ޖަމާލުއްދީން ސްކޫލް
ރަނަރަޕް ޓީމް: ޖަލާލުއްދީން ސްކޫލް
ތިންވަނަ: އަބޫބަކުރު ސްކޫލް

15 އަހަރުން ދަށް ފިރިހެން:

އެއްވަނަ: މުޙައްމަދު ޖަމާލުއްދީން ސްކޫލް

15 އަހަރުން ދަށް އަންހެން:

އެއްވަނަ: މުޙައްމަދު ޖަމާލުއްދީން ސްކޫލް

17 އަހަރުން ދަށް ފިރިހެން:

އެއްވަނަ: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

17 އަހަރުން ދަށް އަންހެން:

އެއްވަނަ: ޝަރަފުއްދީން ސްކޫލް

19އަހަރުން ދަށް ފިރިހެން:

އެއްވަނަ: އައްޑޫ ހައި ސްކޫލް

19އަހަރުން ދަށް އަންހެން:

އެއްވަނަ ޝަރަފުއްދީން ސްކޫލް

މުޙައްމަދު ޖަމާލުއްދީން ސްކޫލަށް ލިބުނު ކާމިޔާބީތައް:

ތޭރަ އަހަރުން ދަށް، ފިރިހެން ކުދިންގެ ބައި
  • އޭޖް ގުރޫޕުން ދެ ވަނަ
  • 100 މީޓަރު ދުވުމުން އެއް ވަނަ: އަހުމަދު ހުސައިން އަލީ
  • 80×6 މީޓަރު ޝަޓްލް ރިލޭއިން ދެ ވަނަ
ތޭރަ އަހަރުން ދަށް، އަންހެން ކުދިންގެ ބައިން

70 މީޓަރު ހަރޑްލްސް ރަން

  • އެއްވަނަ، އާމިނަތު އީޝާ މުޙައްމަދު،
  • ތިންވަނަ އާމިނަތު އަލްޔާ އަމީޒު
80 މީޓަރު ރަން:
  • އެއްވަނަ: ނީން އިބްރާހިމް
100 މީޓަރު ރަން:
  • ދެ ވަނަ: ޔަލްވީ މުޙައްމަދު އަލީ
600 މީޓަރު ރަން:
  • ދެ ވަނަ: ފާތިމަތު އަލްޔާ ބިންތި ސިރާޖު
1000 މީޓަރު ރަން:
  • ދެ ވަނަ: މަރިޔަމް ތޫބާ
  • ތިންވަނަ: މަރިޔަމް ޝާއިން ޔޫސުފު
ހައި ޖަންޕު
  • އެއްވަނަ ނީން އިބްރާޙިމް އަހުސަން
  • ތިންވަނަ: ފާތިމަތު އަލްޔާ ބިންތި ސިރާޖު
ހާޑް ބޯލް:
  • އެއްވަނަ: ފާތިމަތު އަލްޔާ ބިންތި ސިރާޖު
ޑިސްކު އުކުން
  • ދެވަނަ: މަރިޔަމް ދާނިޔާ ހައިދަރު
ރިލޭ:
  • އެއްވަނަ: 100×4 މީޓަރު ރިލޭ
  • އެއްވަނަ: 80×6 މީޓަރު ރިލޭ

15 އަހަރުން ދަށް ފިރިހެން ކުދިންގެ ބައި

80 މީޓަރު ހަރޑްލްސް
  • ތިންވަނަ: ޔޫސުފު ޝަރަފުއްދީން
400 މީޓަރު ރަން:
  • ދެ ވަނަ: އިބްރާހިމް އިޝާން އަލީ
1500 މީޓަރު ރަން:
  • ތިން ވަނަ: އަލީ ރައްޔާން މުހައްމަދު
ހައި ޖަންޕް

ދެވަނަ: އިބްރާހިމް އިޝާން އަލީ

ޝޮޓް ޕުޓް

ތިންވަނަ: އިރުފާނުންﷲ ރައިހާން

ޖަވަލިންގ ތްރޯ

އެއްވަނަ: އިބްރާހިމް އިޝާން އަލީ

ތިންވަނަ: މުޙައްމަދު ސުހައިލް ޝާހިދު

ރިލޭ:
  • ދެ ވަނަ: 100×4 މީޓަރު ރިލޭ
މެޑްލޭ ރިލޭ
  • ދެވަނަ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *