ޔާންއަށް އެހީވާން އަފީފުއްދީނުން 22ހާސް ރުފިޔާ

ހަތަރު އަހަރުގެ ހަސަން އަޒްޔާން (ޔާން)ގެ ބޮލުގައި އިން ޓިއުމަރެއް ނަގަން، އެހީވާން އަފީފުއްދީން ސްކޫލުން މިއަދު ހިންގި ޚާއްޞަ ޙަރަކާތުން 22،594 ރުފިޔާ ހޯދައިފިއެވެ.

ފަންޑްރައިޒިންގ ޙަރަކާތެއްގެ ގޮތުގައި އެ ސްކޫލުން މިއަދު ކުރިއަށް ގެންދިޔައީ، ހެނދުނު 9ން 11އަށް ކެންޓީނުގެ ޚިދުމަތާއި ހަވީރު 6 އަށް ސްކޫލްގައި ބެހެއްޓި ފަންޑު ފޮންޓެވެ. މި ކަމުގައި އިސްކޮށް މަސައްކަތް ކުރީ އެ ސްކޫލުގެ ސްޓާފުންނާއި ބެލެނިވެރިންނެވެ.

ޔާންގެ ސިކުނޑިއަށް އަސަރުކުރީ ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުންނެވެ. އެ ޓިއުމަރު ބޮޑުވަމުން ދާތީ ލޮލުގެ ފެނުން ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ.

ޔާންގެ އާއިލާއިން ބުނެފައިވާ ގޮތުގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ތިން އޮޕަރޭޝަނެއްކޮށް ޓިއުމަރުގެ ބޮޑުބައެއް މީގެ ކުރިން ވަނީ ނަގާފައެވެ. މިހާރު ތައްޔާރު ވަމުން ދަނީ އިތުރު އޮޕަރޭޝަނެއް ކޮށް ޓިއުމަރުން ނުނެގި ހުރި ބައި ނަގާށެވެ.

ޔާންގެ އޮޕަރޭޝަން ކުރަން އިންޑިޔާއަށް ދާން ނިންމާފައި ވަނީ މިމަހުގެ ފަހުކޮޅުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *