އިންޓަރސްކޫލް ޕޭރަންޓް ނެޓްބޯޅަ މުބާރާތް: ފުރަތަމަ ރޭ މޮޅުވީ، ޢާޒީ ސްކޫލާއި ގަލޮޅު ސްކޫލާއި ކެންގަރޫ، ޣިޔާސުއްދީނާއި އަމީރު އަހުމަދު ވީ އެއްވަރު

އިންޓަރސްކޫލް ޕޭރަންޓް ނެޓްބޯޅަ މުބާރާތް ރޭ ފަށާފައިވާއިރު، އަންހެން ޑިވިޜަންގައި ރޭ ކުޅުނު ފުރަތަމަ މެޗްގައި، ޢާޒީ ސްކޫލުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ މައްޗަށް ކުރި ހޯދީ 4-23 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ޣާޒީ ސްކޫލްގެ ހުސްނާ މުޙައްމަދެވެ.

ރޭ ކުޅުނު ދެވަނަ މެޗްގައި ކަލާފާނުގެ މައްޗަށް ކެންގަރޫ ކިޑްސް ކާމިޔާބު ހޯދީ 14-28 ގެ ތަފާތަކުންނެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކީ ކެންގަރޫގެ އާމިނަތު ނޒުރާއެވެ.

މި  މުބާރާތުގެ ފިރިހެނުންގެ ޑިވިޜަންގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގަލޮޅު ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ގަލޮޅުން މެޗް ގެންދިޔައީ 8-10 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަލޮޅު ސްކޫލްގެ ހުސައިން ސަވީލްއެވެ.

ދެވަނަ މެޗްގައި ކުޅުނީ މަދަރަސަތުލް އަމީރު އަހުމަދާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. 7-7 އިން މި މެޗް ވީ އެއްވަރެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމީރު އަހުމަދު ސްކޫލްގެ އަހުމަދު އަފުސަން ރަޝީދެވެ.

މި މިބާރާތުގައި އަންހެނުންގެ ޑިވިޜަންގައި 18 ޓީމެއް، ފިރިހެނުންގެ ޑިވިޜަންގައި 6 ޓީމެއް ވާދަ ކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *