މުޅި ރާއްޖޭގައި ވޯލްޑް ކަޕް ފޯރި ގަދަވަމުންދާއިރު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މި ފޯރި ގުޅުވައިލީ ކޮންމެ އަހަރަކު ވެސް އެ ސްކޫލުން ކުރިއަށް ގެންދާ "އިންޓަރނޭޝަނަލިޒަމް" ތީމާއެވެ.
އާދީއްތަ ދުވަހުގެ އެ ފިލާވަޅަށް ދަރިވަރުން އައީ، އެކުއްޖެއްގެ އަތުގައި އޮތްނަމަ، އެކުއްޖަކު ސަޕޯރޓް ކުރާ ޓީމެއްގެ ޖާރޒީ ލައިގެންނެވެ. ނުވަތަ އެޤައުމުގެ ދިދައިގައި ހިމެނޭ ކޮންމެ ވެސް ކުލައެއްގެ ހެދުމެއް ލައިގެންނެވެ.

އެ ސްކޫލުން ބުނީ، ދަރިވަރުންގެ ދިރިއުޅުމުގައި ލިބޭ ތަޖުރިބާތަކާއި ގުޅުވައިގެން އެކުދިން ޝައުޤުވެރިވާ ގޮތަށް ފިލާވަޅުތައް ކުރިއަށް ގެންދަން އަބަދުވެސް އިންކަންދޭ ކަމަށެވެ.
ވޯރލްޑް ކަޕްގެ މެޗްތައް ފެށުމާއެކު، "އިންޓަރނޭޝަނަލިޒަމް" ތީމާ ގުޅުވާލައި ވަރަށް ރަނގަޅު ފިލާވަޅުތަކެއް ކިޔަވައިދިނުމުގެ ފުރުސަތުތަކެއް (މާތް ﷲ ގެ ހެޔޮރަޙްމަތްފުޅާއެކު) ފަހިވި" އެ ސްކޫލުގެ އޮފިޝަލަކު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އެކްސެލްއިން ބުނީ، އެ ފިލާވަޅަށް ދަރިވަރުންގެ ވަރަށް ބޮޑަށް ޝައުޤުވެރިވެ ބައިވެރިވުން ލިބުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، އެކުދިންގެ އުމުރުފުރާ އާ ގުޅޭގޮތައް ގިނަ ފިލާވަޅުތަކެއް ކިޔަވައިދީ ގިނަ ލަނޑުދަޑިތައް ޙާސިލުކުރެވުނު ކަމަށެވެ.

ވޯލްޑް ކަޕްގެ ފޯރީގެ ތެރެއިން އެކުދިން ދަސްކުރީ، މާތް ﷲ އިންސާނުން ހެއްދެވީ ތަފާތު ސިފަ ސިފައިގާ ކަމާއި، އެންމެން އެކުގައި އުޅުމާއި ކަންކަމުގައި ބައިވެރިކުރުމުގެ މުހިންމު ކަމާއި، ދުނިޔޭގެ އެކި އެކި ބައްރުތަކާ އެބައްރުތަކަށް ނިސްބަތްވާ ޤައުމުތައް އުގެނި ދަސްވުމާއި، ދުނިޔޭގެ އެކި ޤައުމުތަކާ އެޤައުމުތަކުގެ ދިދައާއި އެކި ޤައުމުތަކުގެ ތަފާތު ކަމާއެކު ވެސް ހުރިހާ ޤައުމުތައް އެކުވެ އުޅުމުގެ މުހިންމުކަމެވެ.

" ގޭތެރެއިން ވެސް އެކުދިންނަށް މި ދުވަސްވަރު އިވެނީ ޤައުމުތަކުގެ ނަންތާއި ޓީމްތަކާއި ސަޕޯޓް ކުރާ ކުޅުންތެރިންގެ ވާހަކަ. އެ ވާހަކަ ސްކޫލްގެ ތެރޭގައި ދަރިވަރުންނާއެކު އާންޓީން ދެއްކީމާ ވާހަކަ ދެއްކުމަށް ކުދިންގެ ޝަޢުޤު ވެރިކަން އިތުރުވި" އޭނާ ވިދާޅުވިއެވެ.

" ގިނަ ދަރިވަރުންނަކީ ޕުޓްބޯޅައަށް ޝަޢުޤު ހުންނަ، އާއިލާއާއެކު މެޗްތައް ކޮންމެ ވެސް ވަރަކަށް ބަލާ ދަރިވަރުންކަން ފާހަގަކުރެވުނު"
އެކްސެލްއިން ދަނީ 18 މަހުގެ ކުދިންގެ ކުލާހުން ފެށިގެން ޔޫކޭޖީއާ ހަމައަށް ކިޔަވައި ދެމުންނެވެ.
advertisment
ހިޔާލު