އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުން އަފީފުއްދީން ސްކޫލަށް ލިބުނު ކާމިޔާބީ ކުޅުދުއްފުށީ ވަށައިގެން ޖެހި ފިނި ބުރަކުން ފާހަގަކޮށްފިއެވެ.
މިއަދު ހަވީރު، އެރަށުގެ ވަށައިގެން ޖެހި ފިނިބުރު، ސައިކަލާއި ބައިސްކަލުގެ އިތުރުން ފައިމަގުގައި ވެސް ކުރިއަށް ގެންދިޔައެވެ. މި ފިނިބުރުގައި އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އެ ސްކޫލްގެ ޓީމުގެ ސަޕޯޓަރުން ބައިވެރިވިއެވެ.
ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތިން ޢުމުރު ފުރައިން ވެސް އެ ސްކޫލް ވަނީ އެއްވަނަ ހޯދާ އެ މުބާރާތުގެ ރަނިކަން ހޯދާފައެވެ. އެ މުބާރާތުގައި، 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، 13އަހަރު ދަށުގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަލާލުއްދީނުގެ މައްޗަށް 2-20 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. 15އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީނުން ހޯދީ، ކުމުންދޫ ސްކޫލާ ބައްދަލުކޮށް 19-20 އިންނެވެ. 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، ޖަލާލުއްދީން ސްކޫލާ ބައްދަލުކޮށް 5-33 އިންނެވެ.
advertisment
ހިޔާލު