ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ދަރިވަރުންގެ އާބާދީއަށް އައިސްފައިވާ ބަދަލަކީ އައިޔޫއެމްއަށް ރައްޔިތުންގެ އިތުބާރު އުފެދިފައިވާކަމުގެ ޙަޤީޤީ މިސާލެއް
ވޭތުވެދިޔަ 3 އަހަރެއްގެ ތެރޭގައި ދަރިވަރުންގެ އާބާދީއަށް އައިސްފައިވާ ބަދަލަކީ އައިޔޫއެމްއަށް ރައްޔިތުންގެ އިތުބާރު އުފެދިފައިވާކަމުގެ ޙަޤީޤީ މިސާލެއް ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފުރަތަމަ ޓާމުގެ ދަސްވެނީން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޒާހިރު ވިދާޅުވީ، ދިވެހިރައްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޢުލީމީ މުއައްސަސާއަކަށްވާއިރު، އެ ތަންނުން ފޯރުކޯށްދޭ ތަޢުލީމުވެސް ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެ ޔުނިވަރސިޓީން މަސައްކަތް ކުރަނީ ވަޞީލަތްތައް އިތުރުކޮށް ތަޢުލީމު ފުޅާކޮށް ރާއްޖެއަށް ބޭނުންވާނޭ ހެޔޮ ދަރިންތަކެއް ބިނާކުރުމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި އައިޔޫއެމްގެ ކެމްޕަސްތައް ޤާއިމް ކުރަމުން ގެންދާކަން ފާހަގަކުރައްވައި، ޑރ. އަލީ ޒާހިރު ވިދާޅުވީ، އެ ޔުނިވަރސިޓީއަށް އަދުގެ ސަރުކާރުން ގިނަ ގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާ ކަމަށާއި މިއިން ޒަމާނަކު ކުރެވިފައި ނުވާ ކަންތައްތައް ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާ ކަމަށެވެ.
"ވޭތުވެދިޔަ 3 އަހަރެއްގެ ތެރޭގައި ދަރިވަރުންގެ އާބާދީއަށް އައިސްފައިވާ ބަދަލަކީ ޔުނިވަރސިޓީގެ މެދުގައި ރައްޔިތުންގެ އިތުބާރު އުފެދިފައިވާކަމުގެ ޙަޤީޤީ މިސާލެއް" ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައިޔޫއެމްއިން ދަސްވެނިވި ދަރިވަރުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ޔުނިވަރސިޓީން ދަސްވެނިވެގެންދާ ކޮންމެ ދަސްވަންޏަކީ އެ ޔުނިވަސިޓީގެ ވިޝަންއާއި މިޝަންއާއެއްގޮތަށް މާތްވެގެންވާ އިސްލާމް ދީންނަށް ހުރުމަތްތެރިކޮށް ހިތައި، ރާއްޖެ ދެކެ ލޯބިވާ، ރާއްޖޭގައި ހިފެހެއްޓިފައި ހުރި މިންގަނޑުތައް ދަންނަ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ޓާމުގައި އައިޔޫއެމްއިން 542 ދަރިވަރުން ދަސްވެނިވެފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ޓާމުގައި ދަސްވެނިވީންގެ ތެރޭގައި ހިމެނެނީ، ޓްފިކެޓް ލެވެލްތަކުގެ ކޯސްތަކުން ދަސްވެނިވާ 322 ދރިވަރުންނާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން ދަސްވެނިވާ 14 ދަރިވަރުންގެ އިތުރުން ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުންނެވެ. އަދި މީގެ އިތުރުން ޕޯސްޓް ގްރެޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ކޯސްތަކުން ދަސްވެނިވި 132 ދަރިވަރުންވެސް ހިމެނެއެވެ.
advertisment
ހިޔާލު