ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސަލަރ، މިއަދު އެ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި "ލޭންގުއޭޖް ސެންޓަރު" އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއީ މާލެއާއި ކުޅުދުއްފުށީގައި މިހާރުވެސް ހިންގަމުންދާ މި މަސައްކަތް އިތުރަށް ފުޅާކޮށް، ސަރަޙައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ބަސް އުނގެނުމާއި، ފަތުރުވެރިކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ސަގާފީ ގުޅުންތަކަށް މަގުފަހިވެގެންދާނެ މި ފެށުމަކީ، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށާއި، އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމަށާއި، އަދި ސަރަޙައްދީ ތަރައްޤީއަށް ޔުނިވަރސިޓީން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އިސްކަންދޭ ކަންތައްތައް ޙާޞިލުކުރުމަށް އެޅުނު ބާރެކެވެ. މީގެ އިތުރުން، މި މަސައްކަތަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (SDGs) ކަމުގައިވާ 4، 8، 10 އަދި 17 އަށް ވާޞިލުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެމްއެންޔޫގެ ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ލޭންގުއޭޖް ސެންޓަރެއް ދާދި ފަހުން ހުޅުވާފައެވެ.
advertisment
ހިޔާލު