ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރުކަމަށް އިސްމާއިލް ރިފާއު ހަމަޖައްސައިފިއެވެ.
އެ މަޤާމަށް އޭނާ ހަމަޖެއްސެވީ، ޗީފް ކޮމިޝަނަރުގެ މަޤާމް ކުރިން ހުންނެވި މުޙައްމަދު ސަހީރު އިސްތިއުފާ ދެއްވުމުން، އެ މަޤާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކައުންސިލުގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އިސްމާއިލް ވަނީ މީގެ ކުރިން އެ އެސޯސިއޭޝަންގެ ކައުންސިލުގެ ވެސް މުހިންމު މަޤާމްތަކެއް ފުރުއްވާފައެވެ.
އޭގެ އިތުރުން ސްކައުޓް އެސޯސިއޭޝަންގެ ނާއިބު ރައީސް ކަމާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރުކަން ވެސް ކުރެއްވިއެވެ.
ސްކއުޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިސްފަރާތުގެ ގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ޗީފް ކޮމިޝަނަރުގެ ބެއްލެވުމުގެ ދަށުންނެވެ.

ސްކައުޓް އެސޯސިއޭޝަނަކީ ރާއްޖޭގައި ހިލޭ ސާބަހަށް، ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރާ އެންމެ ގިނަ ދުވަސްވީ ހަރަކާތެވެ. ދުނިޔޭގެ ފެންވަރުގައި މުހިންމު ޚިދުކަތްތަކެއް ކުރަމުން އަންނަ މި ހަރަކާތަށް މި އަހަރު 70 އަހަރު ފުރޭނެއެވެ.
advertisment
ހިޔާލު