ހިރިޔާ ސްކޫލޫ ޕްރިންސިޕަލް ރިންޒީ ވަހީދު، އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ.
ހިރިޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ރިންޒީ ހަމަޖެއްސެވީ 2017 ވަނަ އަހަރުއެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ އިސްކަންދަރު ސްކޫލުގައެވެ. އިސްކަންދަރު ސްކޫލުގައި 23 އަހަރު ހޭދަކުރެއްވިއިރު، އޭގެ ތެރެއިން 12 އަހަރު މަސައްކަތްކުރެއްވީ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައެވެ.

އިސްކަންދަރު ސްކޫލާ ރިންޒީ ގުޅިވަޑައިގެންނެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ފުރަތަމަ ކިޔަވައި ދެއްވީ ގުރޭޑް 1އަށެވެ. ފަސް އަހަރު ގުރޭޑް 1އަށް ކިޔަވައިދެއްވިއެވެ. އޭގެ ފަހުން ސްޕަވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.
ހިރިޔާ ސްކޫލުގައި ހޭދަކުރެއްވި އަށް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އެ ސްކޫލަށް ރިންޒީ ވަނީ ގެންނަވާފައެވެ. ދަރިވަރުންގެ ނަތީޖާއާއި ސްކޫލް ހިންގުމާއި އުމްރާނީ ގޮތުން ގެންނެވި ބަދަލުތައް އޭގެތެރޭގައި ހިމެނެއެވެ.
ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރިންޒީ ވިދާޅުވީ، ހިރިޔާ ސްކޫލަކީ އޭނާގެ ހިތާ ގުޅިފައިވާ ސްކޫލެއް ކަމަށާއި އަމީނިއްޔާއާ ގުޅިވަޑައިގެންނެވުމަކީ އެއީ ވަރަށް ބޮޑު ޗެލަންޖެއް ކަމަށެވެ.
އަމީނިއްޔާގެ ޕްރިންސިޕަލްކަމުގެ ޒިންމާއާ ރިންޒީ ހަވާލުވަޑައިގަންނަވާނީ މިއަދު މެންދުރުފަހުއެވެ. ހިރިޔާއަށް ޕްރިންސިލަލަކު ހަމަޖައްސަވަން ދެން އެ ސްކޫލުގެ ހިންގުމުގެ ޒިންމާ ވެސް ހަވާލުކޮށްފައި ވަނީ ރިންޒީއާއެވެ.
ހިޔާލު