ފުވައްމުލައް ސިޓީ ކައުންސިލުގެ "ސުޖޫދު ވޯކްޝޮޕް" ޕްރޮގްރާމް 73 ކުދިން ފުރިހަމަކޮށްފި

 

ފުވައްމުލައް ސިޓީ ކައުންސިލުގެ "ސުޖޫދު ވޯކްޝޮޕް" ޕްރޮގްރާމް 73 ކުދިން ފުރިހަމަކޮށްފިއެވެ.

މި ވޯކްޝޮޕް ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ޖެނުއަރީ މަހުގެ 10ން11އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 105 ދަރިވަރުން ބައިވެރިވި ނަމަވެސް ހުރިހާ ބައިތަކެއް ފުރިހަމަކޮށް ފުރިހަމަ ކުރީ 73 ކުދިންނެވެ.

މިއީ، ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކު، ފުވައްމުލައް ސިޓީ ކައުންސިލާއި ޕީސް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ސުޖޫދު ވޯކްޝޮޕެކެވެ. އަދި މިއީ އެ ކައުންސިލުން ކުރިއަށް ގެންދާ މިފަދަ ދެވަނަ ޕްރޮގްރާމެވެ. އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުއެވެ.

މި ކޯވްޝިޕުގައި މައުލޫމާތު ދެއްވީ ޝެއިޚް ނަސީމެވެ. ނަމާދުގެ ސެޓަފެއް ކުލާސްރޫމުގައި ހަދައި ކުދިންލައްވައި އަމަލީ ގޮތުން ނަމާދުކުރުމާއި ބަންގިގޮވުން ކުރިއަށް ގެންދިޔައެވެ.

އެގޮތުން ކްލާސްރޫމް ސެޓަޕްގައި ޢަޞްރު ނަމާދު ކޮށް، ނަމާދަށްފަހު ބައިވެރިންނަށް ކުރު ދަރުސް ދިނުން ވެސް ކުރިއަށް ގެންދިޔައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *