އެމްއެންޔޫގެ "ރެދަން" އާޓް އެގްޒިބިޝަން ހުޅުވައިފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ވިޝުއަލް އާޓްގެ ދަރިވަރުންގެ ކުރެހުންތައް ދައްކާލަން ބާއްވާ "ރެދަން" އާޓް އެގްޒިބިޝަން ނެޝަނަލް އާޓް ގެލެރީގައި އިއްޔެ ހުޅުވައިފިއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި މައުރަޒަކީ ދަރިވަރުންގެ މަސައްކަތްތައް ދައްކައިދޭ މައުރަޒެކެވެ. އަދި މި މައުރަޒު އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

މައުރަޒު ހުޅުވާފައި ހުންނާނީ:

  • މިއަދު (22 ނޮވެންބަރު) 16:00 އިން 22:00އަށް
  • މާދަމާ (23 ނޮވެންބަރު) 10:00 އިން 22:00 އަށް
  • 24 ނޮވެންބަރު 10:00 އިން 22:00 އަށް

މިއީ  އުނގެނުމަށާއި ކުރިއެރުމަށް އަމާޒުކޮށްފައިވާ ފަންނާނުންގެ އިލްހާމު ލިބޭ ފަދަ މާހައުލެއް ގާއިމުކުރުމުގެ މަޤްޞަދުގައި ކުރިއަަށް ގެންދާ މައުރަރެއް ކަމަށް ގައުމީ ޔުނިވާސިޓީން ބުނެއެވެ. މިގޮތުން، މައުރަޒުގައި ދަރިވަރުންގެ ކުރެހުންތައް ދައްކުވައިދިނުމަކީ ފަންނުވެރިކަމުގެ ދުނިޔޭގައި އެމީހުންނަށް ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން އަގުހުރި ތަޖުރިބާއާއި މައުލޫމާތު ލިބިގަނެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

މި މައުރަޒު ހުޅުވަން ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *