ކުޅުދުއްފުށީ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ ސުވާލު މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރާތް ރާވައި ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ކުޅުފުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބާއްވާ މި މުބާރާތަކީ އެ ކޮމިޓީން އިންތިޒާމްކޮށް ކުޅުދުއްފުށި ސިޓީގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހުޅުވާލެވިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި މުބާރާތް މި މަހުގެ ތެރޭގައި ބާއްވަން ވިސްނާފައި އޮތް ނަމަވެސް ތާރީޚަށް ބަދަލު އައުން އެކަށީގެންވެއެވެ.
ސުވާލު މުބާރާތުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ 10:30ގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ. އަންދާދީ ހިސާބު ހުށައަޅަން ޖެހެނީ ޖެނުއަރީ 13 ވަނަ ދުވަހުގެ 10:30އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާއަށެވެ.
މިއީ ކުޅުފުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ހިޔާލު