ޕީޓީއޭގެ އެހީތެރިކަމާއެކު މަޖީދިއްޔާގެ ހުރިހާ ކުލާސްރޫމްތައް އޭސީކޮށް ކޫލް ސްކޫލަކަށް

ޕީޓީއޭގެ އެހީތެރިކަމާއެކު މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ހަރުކޮށް، ކިޔަވައިދޭން ފެށީ ދެވަނަ ޓާމުގެ މެދު ޗުއްޓީއަށް ފަހުއެވެ.

"ކޫލް ސްކޫލް"އެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލް ހަމަޖެހުމާ ގުޅިގެން މިއަދު ހެނދުނު، އެ ސްކޫލުގައި ޚާއްޞަ އެސަމްބްލީއެއް ބާއްވައި އެކަން ވަނީ ފާހަގަކޮށްފައެވެ.

މަޖީދިއްޔާ ސްކޫލުގެ 26 ކުލާސް ރޫމުގައި 52 އޭސީ ވަނީ ހަރުކޮށްފައެވެ. އެ މަސައްކަތް ކުރީ ބެލެނިވެރިންނާއި ޕީޓީއޭއާއި ހެޔޮއެދޭ ފަރާތްތަކާއި އަދި ސްޕޮންސަރުންގެ ދީލަތި އެހީތެރިކަމާ އެކުގައެވެ.

މަޖީދިއްޔާ ސްކޫލް ވާނީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން، މާލޭގެ ސަރައްހައްދުގައި "ކޫލް ސްކޫލް" އަކަށް ބަދަލުވި ފުރަތަމަ ސްކޫލަށެވެ.

މަޖީދިއްޔާގައި 1500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރި ކޫލް ސްކޫލް ޕްރޮޖެކްޓާއެކު ބައެއް ސްކޫލްތަކުގައި އަންނަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު އޭސީ ހަރުކުރަމުންނެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޮރުކޮށް ދެނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *