ޖަމާލުއްދީން ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރަން 40 ދުވަހުގެ ކައުންޓްޑައުންއެއް ފަށައި ލޯގޯ އިފްތިތާޙު ކޮށްފި

ޖަމާލުއްދީން ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރަން 40 ދުވަހުގެ ކައުންޓްޑައުންއެއް ފަށައި ލޯގޯ އިފްތިތާޙު ކޮށްފިއެވެ.

ޖަމާލުއްދީން ސްކޫލަށް 40 އަހަރު ފުރޭނީ އަންނަ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

40 ވަނަ އަހަރީ ލޯގޯ އިފްތިތާޙްކޮށްދެއްވީ މިއަދު އެ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ޝީތާއެވެ.

40 ވަނަ އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރަން ހުޅުވާލި މުބާރާތުން އެއްވަނަ ހޯދީ ގުރޭޑް 10ގެ ދަރިވަރު މުހައްމަދު ނަވާފް އަބުދުالله ފާއިޒެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އެއްވަނައަށް އައި ލޯގޯ ފަރުމާކުރި ނަވާފަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ސާޅީސް ދުވަހުގެ ކައުންޓްޑައުންގެ ތެރެއިން، އެ ސްކޫލުގެ ފާހަގަކޮށްލެވޭ 40 އިސް ދަރިވަރުންގެ ޕްރޮފައިލެއް ކޮންމެ ދުވަހަކު ދަނީ ގެނެސް ދެމުންނެވެ. އިސްދަރިވަރުންގެ ތެރެއިން އިއްޔެ ގެނެސްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ އަޝްފާގުގެ ޕްރޮފައިލެވެ.

40 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ސްކޫލުގެ އިސްދަރިވަރުންގެ ޖަމިއްޔާއެއް އުފެއްދުމަށް، އެކަމުގައި ބައިވެރިވާން ބޭނުންވާ އެ ސްކޫލުން ކިޔެވި ދަރިވަރުންނަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *