ކާބޯތަކެތި އުފެއްދުންތެރިންގެ ހުނަރު ދައްކުވައިދޭ އެމްއެންޔޫގެ ފަހި ސުފުރާ އަންނަ މަހު 13އިން 14އަށް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.
މިއީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މައުރަޒެކެވެ. އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އައު ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާޙައުލެއް އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީ މި މައުރަޒު ކޮންމެ އަހަރަކު ވެސް ބޭއްވުމުގެ މައިގަނޑު މަޤްޞަދު ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީގެ ތިން ވަނަ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު 30 ޖަނަވަރީގެ 23:00ގެ އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިތުރު މަޢޫލޫމާތު ހޯއްދެވުމަށް މިމުއްދަތުގެ ތެރޭގައި [email protected], [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި (8:00 ން 14:00) 3345205 ނަންބަރުން ލިބޭނެ ކަމަށެވެ.


advertisment
ހިޔާލު