މިހާރު ގުރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުން އިމްތިޙާން ހަދާނީ މެއި/ ޖޫން 2025ގައި، މިހާރު ގުރޭޑް 9ގައި ކިޔަވަމުންދާ ދަރިވަރުން އިމްތިޙާން ހަދާނީ ފެބުރުވަރީ/ މާރޗް 2026ގައި، މިހާރު ގުރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން އިމްތިޙާން ހަދާނީ އޮކްޓޯބަރު/ ނޮވެމްބަރު 2026ގައި،
ދިރާސީ އާ އަހަރަށް ގެނެވުނު ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިޙާނު ( އެގްޒާމް ސީރީޒް) ތައް ތަރުތީބު ކޮށްފައިވާ ގޮތް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ސްކޫލްތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ބުނެފައި މިހާރު ހިނގަމުންދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ގުރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުންގެ އިމްތިޙާން އޮންނަ ތާވަލަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި މިހާރު ގުރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުން އޯލެވެލް ހިމެނޭހެން ސާނަވީ އިމްތިޙާން ހަދާނީ އަންނަ މެއި/ޖޫން ގައެވެ. މިހާރު ގުރޭޑް 9ގައި ކިޔަވަމުންދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިޙާން ހަދާނީ 2026 ވަނަ އަހަރުގެ ފެބުރުވަރީ / މާރިޗް މަހުގައެވެ. މިހާރު ގުރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިޙާން ހަދާނީ އޮކްޓޯބަރު/ ނޮވެމްބަރު 2026 ގައެވެ.
2026 ވަނަ އަހަރުން ފެށިގެން ސާނަވީ ނިންމާ އިމްތިޙާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު/ ނޮވެމްބަރު މަހުގައި ކަމަށް ވެސް އެ ސާކިއުލާގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު