ދެވަނަ ޓާމްގެ މެދު ޗުއްޓީއަށްފަހު ދަރިވަރުން ސްކޫލަށް

ދެވަނަ ޓާމްގެ މިޑް ބްރޭކަށްފަހު ކިޔެވުން ފެށުމުގެ ގޮތުން އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގެ ތެރެއިން- ފޮޓޯ: އިސްކަންދަރު ސްކޫލް

ދެވަނަ ޓާމުގެ މެދު ޗުއްޓީއަށްފަހު ދަރިވަރުން މިއަދު ސްކޫލަށް ނުކުމެއްޖެއެވެ.

ދެވަނަ ޓާމުގެ މެދު ޗުއްޓީގައި 15 ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބުނެވެ. ދެވަނަ ޓާމުގެ މެދު ޗުއްޓީއަށް ދިޔައީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށީ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ އަންނަ މަރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ހިސާބުތަކަށް ބަލާއިރު، ކިޔަވާކުދިންގެ އާބާދީ 96000 އަށް އަރާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުންނެވެ. މާލެ ހިމެނޭ ސަރަހައްދުގައި ކިޔަވަމުން ދަނީ 26،000 އެއްހާ ދަރިވަރުންނެވެ.

ސަރުކާރުގެ 217 ސްކޫލެއްގައި މިހާރު ކިޔަވައިދެމުން ގެންދާއިރު، އޭގެ ތެރެއިން 162 ސްލޫލުގައި ކިޔަވައި ދެނީ އެއް ދަންފަޅިއަށެވެ. 55 ސްކޫލެއްގައި ކިޔަވައި ދެނީ ދެ ދަންފަޅިއަށެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް އެންމެ ގިނައީ މާލެ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި އެއް ދަންފަޅިއަށް މިހާރު ކިޔަވައި ދެނީ ދަރުމަވަންތަ ސްކޫލާއި މުޙްޔިއްދީން ސްކޫލުގައެވެ.

ދިރާސީ އާ އަހަރަށް ގެނެސްފައިވާ ބަދަލާއެކު 2026 ވަނަ އަހަރުން ފެށިގެން ދަރިވަރުންނަށް ބޮޑު ޗުއްޓީ ދެން ލިބޭނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީމަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *