ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ބައިނަލްއަޤްވާމީ ދިރާސާ ކޮންފަރެންސް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18ން 20އަށް ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ "ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް" އެކެވެ. މިއީ އެމްއެންޔޫގައި ބެޗެލެރސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތަޢުލީމު ހާޞިލް ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ދަރިވަރުންގެ މެދުގައި ދިރާސާކޮށް ސައިންޓިފިކް ޕޭޕަރު ލިޔުމާއި ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ޤާބިލް ކަން އިތުރުކުރުމަށްޓަކައި ބާއްވާ "ސިމްޕޯޒިއަމް" އެކެވެ.
އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޑް ލީލާ އަޙްމަދު ވިދާޅުވީ، ޔުނިވަރސިޓީގެ އެންމެ މުހިންމު ބޭނުމަކީ ވަޒީފާއަށް ދަރިވަރުން ތައްޔާރު ކުރުން އެކަނި ނޫން ކަމަށާއި ޔުނިވަރސިޓީ ތައުލީމް ނިންމާއިރު ކޮންމެ ދަރިވަރެއްގެ ކިބައިގައި ވަކި ކޮލިޓީއެއް ހުންނަން ޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިފަދަ ޕްލެޓް ފޯމެއް ވަރަށް މުހިންމު ކަމަށެވެ.
" ހަމައެކަނި ވަޒީފާއަށް ނޫން ދަރިވަރުން ތައްޔާރު ކުރަނީ. ޑިގްރީއެއް ނިންމާފައި މާސްޓަރސް ނޫނީ ޕީއެޗްޑީއަށް އޮފަރ ކުރާއިރުގައި އަޅުގަނޑުމެންގެ ދަރިވަރުންގެ ސިކުނޑި ހުޅުވާލަން އެބަޖެހޭ އަލުން އަނބުރާ ޔުނިވަރސިޓީއަށް އަންނާނެ ވަރަށް. މާސްޓަރސް ކޯހަކަށް ނޫނީ ޕީއެޗްޑީ ކޯހަށް އައި ކަމުގައި ވިޔަސް އެ ދަރިވަރަކީ ރިސަރޗް ކުރުމަށް އަހުލުވެރިވެފައިވާ ކޮންފިޑެންޓާއެކު ކުރިމަތިލާ ދަރިވަރަކަށް ހެދުން އެއީ ޙާޞިލްކުރަން ބޭނުންވާ މަޤްޞަދަކީ"
ލީލާ ވިދާޅުވިއެވެ.
" ރިސަރޗް ކަލްޗަރއެއް ޔުނިވަރސިޓީގެ ތެރޭގައި ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މާނައަކީ ސްޓާފުންނާއި ދަރިވަރުން ވެސް އެއްވަރަކަށް އޭގެ ތެރޭގައި އުޅޭނެއޭ. އަންޑަގުރެޖުއޭޓުން ފެށީގެން ޕީއެޗްޑީއާ ހަމައަށް ކިޔަވާ ހުރިހާ ދަރިވަރުންނަކީ ދިރާސާކުރާ ބަޔަކަށް ހެދުން ބޭނުންވަނީ"
އޭނާ ވިދާޅުވީ، ދަރިވަރުންގެ ސިމްޕޯޒިއަމް ރާވާ އިންތިޒާމް ކުރާނީ ވެސް ދަރިވަރުން ކަމަށާއި ހުރިހާ ފެކަލްޓީއަކާއި ދަރިވަރުން އެކީގައި ހަރަކާތްތެރިވާނެ އަހަރަކަށް އަންނަ އަހަރު ވާނެ ކަމަށެވެ.
ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމަށް ހުށައަޅާ ކަރުދާސްތަކުގެ ތެރެއިން "އަންޑަރގްރެޖުއޭޓް ރިސާޗް އެކްސެލެންސް" އެވޯޑް އަދި "ބެސްޓް ފެކަލްޓީ އެވޯޑް" ދޭން ވަނީ ނިންމާފައެވެ.
ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމްގެ އެބްސްޓްރެކްޓް ބުކް އަދި ތެވެލި 2025 ގެ އެބްސްޓްރެކްޓް ބުކް ތެވެލި
އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ވެބްސައިޓުގައި ޕަބްލިޝްކުރާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޖާނަލް
އޮފް ރިސާޗް (އެމްއެންޖޭއާރު)ގެ ތެވެލި ސްޕެޝަލް އިޝޫގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޕަބްލިޝް ކުރާނެއެވެ.


advertisment
ހިޔާލު