ޕީޓީއޭގެ އެހީތެރިކަމާއެކު މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ކުރަނީ

ޕީޓީއޭގެ އެހީތެރިކަމާއެކު މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އޭސީ ކުރަން ބޭނުންވާ އެހީތެރިކަމެއް ޕީޓީއޭއަށް ދެނީ އެ ސްކޫލުގެ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކާއި އަދި ސްޕޮންސަރުންނެވެ. އޭގެ ތެރޭގައި އޭސީ ހަރުކުރުން ވެސް ހިމެނެއެވެ.

ޖަމީދިއްޔާ ސްކޫލުން ދަރިވަރު ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ 26 ކުލާސް ރޫމުގައި 52 އޭސީ ހަރުކޮށް ނިމި، އަންނަ ޖެނުއަރީގައި ސްކޫލްތައް ހުޅުވާއިރު އެ ސްކޫލް "ކޫލް ސްކޫލް" އަކަށް ބަދަލުވާނެއެވެ.

މަޖީދިއްޔާ ސްކޫލް ވާނީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން، މާލޭގެ ސަރައްހައްދުގައި "ކޫލް ސްކޫލް" އަކަށް ބަދަލުވާ ފުރަތަމަ ސްކޫލަށެވެ.

މަޖީދިއްޔާގައި 1500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރި ކޫލް ސްކޫލް ޕްރޮޖެކްޓާއެކު ބައެއް ސްކޫލްތަކުގައި އަންނަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު އޭސީ ހަރުކުރަމުންނެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޮރުކޮށް ދެނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *